މިވަގުތު ސްރީލަންކާގައި ހުންނެވި އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮޅުނބުގައި ދިރިއުޅޭ އަދި އަދި ޒިޔާރަތް ކުރާ ދިވެހިންނާއި ބައްދަލުކުރެއްވުން އޮންނާނެއެވެ.
ލަންޑަނުގައި މިހާރު ދިރުއުޅުއްވާ ރައީސް ނަޝީދު ލަންކާއަށް ވަޑައިގެން އުޅުއްވާތާ ދުވަސްކޮޅެއްވެއްޖެއެވެ. އަދި ކޮޅުނބުގައި ހުންނަވައިގެން އެމަނިކުފާނު ގެންދަވަނީ ސިޔާސީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
Raees Nasheed aai eku vaguthu kolheh
— MDP Youth Wing (@MDPYouth) December 18, 2017
Lanka gai dhiriulhuvvaa Dhivehi rayithunnaai Lanka ah ziyaaraiy kuravvaa Dhivehi rayyithunnah Dhauvathu Aruvan
Time: 16:30-18:30
26Dec pic.twitter.com/FoWwJcLBGk
ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން މިހާރު ވެސް ދޭތެރެ ދޭތެރެއިން އާއްމުންނާއި ބައްދަލުކުރައްވައެވެ. މީގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި އަދި ގުޅިފައިވާ އިއްތިޙާދުގެ އިސް ބޭފުޅުންނާއި ވެސް ބައްދަލުކުރައްވައެވެ. ކޮޅުނބުގައި ތިއްބަވާ ބޭރުގެ ސަފީރުންނާއި އަދި ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި ވެސް ރައީސް ނަޝީދު ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމިން ހަނި ގޮތަކަށް ކާމިޔާބު ކުރެއްވި ނަމަވެސް، އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޔާމީނަށް ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރަށް ރައީސް ނަޝީދު ވޯޓު ހޯއްދެވިއެވެ.