ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 10:35
ޓައިގާ ޒިންދާހޭ ގެ ޕޯސްޓަރ
ޓައިގާ ޒިންދާހޭ ގެ ޕޯސްޓަރ
އިންޑިއަން އެކްސްޕްރެސް
ޓައިގާ ޒިންދާހޭ
ޓައިގާ ޒިންދާހޭގެ ގިނަ ޝޯތަކެއް ހައުސް ފުލްވެއްޖެ
"ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އަންނާނީ މިމަހުގެ 22 ގައި
މި ފިލްމު މިއަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ

ސަލްމާން ޚާނާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެންދާ ޓައިގާ ޒިންދާހޭ އަށް ބޮޑުތަރުހީބެއް ލިބޭނެކަމަށް ބެލެވެން ފަށައިފިއެވެ.

 ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެޑްވާންސް ބުކިން ހެދުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ޝޯތަކެއްގެ ހައުސް ފުލްވެފައިވާކަމަށެވެ. މިއީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 22 ގަ އެވެ. 

މި ފިލްމުގެ ބައެއް ލަވަތަކާއި ޓްރެއިލާއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެހެން ކަމުން މި އަހަރު ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު އެއް ފިލްމަށް މި ފިލްމު ވެދާނެކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.  

ޓައިގާ ޒިންދާހޭއަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް އޭކް ތަ ޓައިގާ ގެ ދެވަނަ ބައެވެ.. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.

ޓައިގާ ޒިންދާހޭގެ ފުރަތަމަ ލަވަ މިހާރު ވަނީ ރިލީޒް ކޮށްފައެވެ. އެ ލަވައިން ފެނިގެން ދަނީ ސަލްމާން ހާން ލޯބި ގޮތަކަށް ކެޓްރީނާ އަށް ލޯބި ހުށަހަޅާ މަންޒަރެވެ. އެގޮތުން އޮސްޓްރިއާގެ ގަނޑުވެފައިވާ ކޯރެއްގައި ސަލްމާން ކެޓްރީނާގެ ފޮޓޯއެއް ތަފާތުއެކި ކުލަތައް ބޭނުން ކޮށްގެން ކުރަހާ މަންޒަރު ފެނިގެންދެއެވެ. ކެޓްރީނާ އަށް ލޯބި ހުށަހަޅާ ކެޓްރީނާ ރުއްސުމަށް ސަލްމާން މަސައްކަތް ކުރާ މަންޒަރު ލަވައިން ފެނިގެންދެއެވެ.

ސަލްމާންހާން މި ފިލްމުގައި ފެނިގެން ދާނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

- ކޮމެންޓް