ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 09:30
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް (ވ)، ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރައްވަނީ
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް (ވ)، ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރައްވަނީ
ޑެއިލީ މިރޯ
މެލޭޝިއާ ބޮޑުވަޒީރު
ހުޅަނގުން އިންސާނީ ހައްޤުތައް މާނަކުރާ ގޮތާއި އެއްބަހެއް ނޫން: މެލޭޝިއާ، ލަންކާ
މި ދަތުރުފުޅުގައި މެލޭޝިއާ އާއި ލަންކާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ސޮއެކުރެވުނު

ހުޅަނގުގެ ޤައުމުތަކުން އިންސާނީ ހައްޤުތައް މާނަކުރާ ގޮތާއި ދޭތެރޭ އެއްބަސް ނުވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ތުން ރައްޒާޤް ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާއަށް ތުން ރައްޒާޤާއި އަނބިކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ތުން ރައްޒާޤް ވިދާޅުވީ ހުޅަނގުން ޤަބޫލުކޮށް، އެހެން ޤައުމުތަކުން އެއަށް އަމަލުކުރަން މަޖުބޫރުކުރުވާ އިންސާނީ ހައްޤުތަކަކީ ޤަބޫލުކުރެވޭ ކަންތައްތަކެއް ނޫން ކަމަށެވެ. ލަންކާގެ ރައީސް ސިރިސޭނާ ވެސް ވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ވިސްނުންފުޅާއި އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ދުނިޔޭގެ ޤައުމުތަކުން ލަންކާގެ އިންސާނީ ހައްޤުތަކުގެ މައްސަލައިގައި ލަންކާއަށް ކުރިމަތިކުރާ ފިއްތުންތަކަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލާއި އެހެން ބައެއް ފޯރަމްތަކުގައި މެލޭޝިއާ އިން ލަންކާއަށް ދޭ އެއްބާރުލުމަށް ސިރިސޭނާވަނީ ޝުކުރު އަދާކުރައްވާފައެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލަންކާއާއި މެލޭޝިއާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއެ ކުރައްވާފައެވެ. އެގޮތުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން މަސްތުވާތަކެއްޗާއި އިންސާނުންގެ ވަގު ވިޔަފާރި ހުއްޓުވުމަށް ޖާސޫސީ މައުލޫމާތު ހިއްސާކުރުމުގެ ދާއިރާއިން އެއްބަސްވުންތައް އެކުލަވާލާފައިވެއެވެ.

މެލޭޝިއާއާއި ލަންކާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމާއި ގުޅޭގޮތުން ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ.

ލަންކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަޖީބު ރައްޒާޤް ދެން ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް