އަބަދުވެސް އަމީތާބް ބައްޗަން އާއި އެކީގައި ފިލްމެއް ކުޅެން މަޝްވަރާ ކުރާކަމަށް އާލިއާ ބަޓް ބުނެފިއެވެ.
އާލިއާ މިހެން ބުނީ އޭނާގެ ކުރިއަށް ހުރި ފިލްމުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ދަރްމާ ޕްރޮޑަކްޝަން އިން އަންނަ އަހަރު ނިކުންނަ ފިލްމު ބްރަމާސްތްރާ ގައި އާލިއާއާއި އަމީތާބް ބައްޗަން އަދި ރަންބީރު ކަޕޫރު ފެނިގެންދާނެއެވެ.
އާލިއާ ބުނީ ބްރަމާސްތްރާ އަކީ ސުޕަނެޗުރަލް ޑްރާމާ ފިލްމެއް ކަމަށެވެ. ބްރަމާސްތްރާގައި އަމީތާބް އެކްޓު ކުރަން ލިބުން އެއީ ލިބުނު އުފަލެއް ކަމަށާއި އަބަދުވެސް އަމީތާބާއި އެކު ފިލްމެއް ކުޅުމަށް އޭނާ އާއި މަޝްވަރާ ކުރާކަމަށް އާލިއާ ބުންޏެވެ. އެހެން ކަމުން އޭނާ އަމީތާބާއި އެކު ފިލްމެއް ކުޅެން ލިބުމުން އެ ފިލްމާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހިފައިވާ ކަމަށް އާލިއާ ބުންޏެވެ. ބްރަމާސްތްރާ އަކީ ސުޕަނެޗުރަލް ފިލްމެއްކަމުން އެއީ އާލިއާ ނުކުޅޭ ވައްތަރުގެ ފިލްމެއް ކަމަށާއި އޭނާއަށް އޭގެއިން ވަރަށް ގިނަ އާ ކަންތައްތަކެއް ދަސްވާނެ ކަމަށް އާލިއާ ބުންޏެވެ.
އާލިއާ ބުނީ ރަންބީރު ކަޕޫރަކީ އޭނާ އަބަދުވެސް އެކީގައި މަސައްކަތް ކުރަން ބޭނުންވާ އެކްޓަރެއް ކަމަށެވެ. އަދި އޭނާއަށް ރަންބީރުގެ ފަރާތުން ގިނަ އެއްޗެހި ދަސްވާނެ ކަމަށާއި ރަންބީރަކީ އޭނާގެ ވަރަށް ބޮޑު ފޭނެއް ބުންޏެވެ.
މީގެ އިތުރުން މި ފިލްމުގެ ޑައިރެކްޓަރ އަޔަން މުކްރަޖީދެކެވެސް ހިތްހަމަ ޖެހިފައިވާ ކަމަށް އާލިއާ ބުންޏެވެ. އާލިއާ ބުނީ އޭނާ މިހާތަނަށް އަޔަން މުކްރަޖީގެ ޑައިރެކްޝަންގައި ކުޅެފައިވާ ދެ ފިލްމު ވެސް ކާމިޔާބު ކަމަށެވެ. އެއީ 2009 ވަނަ އަހަރު ނިކުތް ވޭކްއަޕް ސިޑް އާއި 2013 ވަނަ އަހަރު ނިކުތް ޔޭ ޖަވާނީ ހޭ ދިވާނީ އެވެ. އަޔަން މުކުރަޖީއަކީ އެންމެނާ ވެސް ވަރަށް ގުޅޭ މީހެއް ކަމަށް އާލިއާ ބުންޏެވެ.
ބްރަމާސްތްރާގެ ޝޫޓިން އަދި ފެށޭނެ ދުވަހެއް އިއުލާންކޮށްފައި ނުވާއިރު މި ފިލްމު ސިނަމާތަކަށް އަންނާނެ ދުވަހެއް ކަމަށް އިއުލާން ކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓު 15 ގައެވެ.