ކ. މާލެ
|
19 ޑިސެންބަރ 2017 | އަންގާރަ 08:25
ހޮންޑިއުރަސްގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ރައީސްއަކީ ހޮންޑިއުރަސްގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ރައީސް ހާނެންޑޭޒް
ހޮންޑިއުރަސްގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ރައީސްއަކީ ހޮންޑިއުރަސްގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ރައީސް ހާނެންޑޭޒް
ރޮއިޓަރސް
ހޮންޑިއުރަސްގެ އިންތިހާބު
ހޮންޑިއުރަސްގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
ހާނެންޑޭޒްއަށް ލިބިވަޑައިގެންފައިވަނީ 50،446 ވޯޓްކަމަށް ސުޕްރީމް އިލެކްޓޯރަލް ކޮމިޝަނުންބުނޭ
އިދިކޮޅު ކޯލިޝަނުންވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ދެކޮޅު ހަދާފަ

ގޮތެއް ނިންމަން އުނދަގޫ ހާލަތަކަށް ދިޔަ ހޮންޑިއުރަސްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ހުއާން އޮލާންދޯ ހާނެންޑޭޒް ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައި މިވަނީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. މީގެ ތިން ހަފްތާކުރިން ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާއަކަށް ދެވިފައިމިވަނީ އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވި ދެ ކެނޑިޑޭޓުން ވެސް އިންތިޚާބު ކާމިޔާބު ވެއްޖެކަމަށް އިއުލާނުކުރެއްވި ފަހުންނެވެ.

ހޮންޑިއުރަސްގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ރައީސް ހާނެންޑޭޒްއަށް ލިބިވަޑައިގެންފައިވަނީ 50،446 ވޯޓްކަމަށް ސުޕްރީމް އިލެކްޓޯރަލް ކޮމިޝަނުންބުނެއެވެ.

ސުޕްރީމް އިލެކްޓޯރަލް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ހާނެންޑޭޒްއަށް 42.95 އިންސައްތަ ވޯޓް ލިބިވަޑައިގެންފައިވާއިރު އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ސަލްވަޑޯ ނަރެއްލާއަށް ލިބިވަޑައިގެންފައިވަނީ 41.42 އިންސައްތަ ވޯޓެކެވެ.

"އަޅުގަނޑުމެންގެ ވާޖިބު އަދާކޮށްފިން" ސުޕްރީމް އިލެކްޓޯރަލް ކޮމިޝަނުގެ ވެރިޔާ ޑޭވިޑް މަޓަމަރޮސް ވިދާޅުވިއެވެ.

ހާނެންޑޭޒް އަދި ނޭޝަނަލް ޕާޓީން މިކަމަށް އެއްޗެއް ބުނެފައެއްނުވެއެވެ.

ނަރައްލާ އާއި އިދިކޮޅު ކޯލިޝަނުންވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.

- ކޮމެންޓް