ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި ދުބާއީގައި ހުންނެވި ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މާމާފުޅު ނިޔާވުމުން ޖަނާޒާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައި ނުގެންނެވުމުން އެކަމަށް މަހުލޫފް ފާޑުވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް ޖިހާދުގެ މާމާފުޅު ހައްވައިފާނު ނިޔާވެފައި ވަނީ އުމުރުފުޅުން 97 އަހަރުގައި، އާދިއްތަ ދުވަހު ހެނދުނު 10 ޖަހާކަންހާއިރުއެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ހައްވައިފާނު ނިޔާވިއިރު އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެތިން މަސްވެއްޖެއެވެ.
މާމާފުޅު ނިޔާވިއިރު ނާއިބު ރައީސް ޖިހާދު ހުންނެވި އިންވެސްޓްމެންޓް ފޯރަމް ޝަރަފުވެރިކޮށްދެއްވުމަށް ދުބާއީ އަށް ވަޑައިގެންނެވެ.
މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން މާލޭގައި ހުންނަވައި، އެމަނިކުފާނުގެ ތިން ވަނަ ނާއިބު ރައީސް ޖިހާދުގެ މާމާފުޅުގެ ޖަނާޒާއަށް އަދި މޫނުދެކިލުމަށް ވަޑައިނުގަތުމަކީ "ލަދުހަޔާތުގެ އަދި އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރު ވެސް ނެތްކަމުގެ ހެއްކެއް" ކަމަށެވެ. އަދި މެމްބަރު ރިޔާޒް ރަޝީދު ނޫނީ މޫނުދެކިލަން ވަޑައިގެންނެވި މެމްބަރަކު ވެސް ޕީޕީއެމް ޕީޖީގައި ނެތް ކަމަށް މަހުލޫފް ވިދާޅުވެފައިވެއެވެ.
މަހްލޫފް ވަނީ މި މީހުން ދިވެހި ރައްޔިތުންނަށް ހެޔޮވާނެތޯ ސުވާލު އުފައްދަވާފަ އެވެ.
Yameen Male’ ga hunnavaa, 3 vana Naib Raees Jihad ge maamaafulhuge janaazaa ah/moonudhekilan vadainugathumakee ladhuhayaathuge adhi insaaniyyathuge zarrehge minvaruves neiykamuge heki.MP Riyaz noonee moonu dhekillan dhiya PPM MP eh neiy.Dhen rayyithunnah mimeehunge hiyheyovaane ?
— Ahmed Mahloof (@AhmedMahloof) December 18, 2017