ގދ. ގައްދޫއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތް ކުރާ ބަޔަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޝަރީއަތްތައް ހުއްޓާލަން ޖެހިއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ގައްދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށު މެޖިސްޓްރޭޓް ކޯޓުގެ ޝަރީއަތްކުރާ ބައިގެ ސީލިން ހަލާކުވެ ކޯޓު ރޫމްގެ ތެރެއަށް ވަނީ ވެއްޓިފަ އެވެ، މި ކަމުގެ ސަބަބުން ޝަރީއަތްތައް މެދުކަނޑާލާފައިވާ ކަމަށާއި ޝަރީއަތްތައް އަލުން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ރައްޔާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގެ ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ފެން ވަދެފައިވެ އެވެ. ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.