މީގެ 5 އަހަރު ކުރިން ނެރުނު ސްޓޫޑެންޓް އޮފް ދަ އިޔާގެ ފްރަންޗައިޒް ސްޓޫޑެންޓް އޮފް ދަ އިޔާ2 ގެ ބަތަލާ އަކީ އާލިއާ ބަޓްކަމަށް ޚަބަރުތައް ބުނެފިއެވެ.
ސްޓޫޑެންޓް އޮފް ދަ އިޔާ 2 އިން ފެންނާނެ އަންހެން ބަތަލާއާމެދު މީގެ ކުރިންވެސް ވަނީ ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވިފައެވެ. އޭގެ ތެރޭގައި ސާރާ އަލީ ޚާން އާއި ދިޝާ ޕަޓާނީގެ އިތުރުން ޖަންވީ ކަޕޫރުގެ ނަން ފެތުރުނެވެ. މީގެ އިތުރުން ޗަންކީ ޕަންޑޭގެ ދަރި އަނަންނިޔާ ޕަންޑޭ ކަމަށް ވެސް މީގެ ކުރިން ވަނީ އަޑު ފެތުރިފައެވެ.
ސްޓޫޑެންޓް އޮފް ދަ އިޔާއަކީ އާލިއާ ބަޓްގެ ފުރަތަމަ ފިލްމެވެ. ސްޓޫޑެންޓް އޮފް ދަ އިޔާ2 އިން ފެންނާނެ ކަމަށް ބުނެ އާލިއާ ބުނެފައިވަނީ މި ފިލްމުން ފެންނާނެ ފިރިހެން ބަތަލާ ޓައިގާ ޝްރޮފް އަކީ ވަރަށް މޮޅު ތަރިއެއް ކަމަށާއި މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށެވެ.
ސްޓޫޑެންޓް އޮފް ދަ އިޔާ 2ގެ ވެސް ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ.
މިޑްޑޭއަށް އާލިއާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސްޓޫޑެންޓް އޮފްދަ އިޔާ 2 ގެ ކޮންމެވެސް މަންޒަރަކުން އޭނާއާ ސިދްހާތު މަލޯތުރާ އަދި ވަރުން ދާވަން ފެނިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ކަރަން ޖޯހަރު އެކަމަށް ކޮންމެ ވެސް މަގެއް ހޯދާނެ ކަމަށް އާލިއާ ބުންޏެވެ. ޚަބަރުތައް ބުނާ ގޮތުގައި އާލިއާ މިހެން ބުނިކަމުގައި ވިޔަސް އޭނާ އަކީ މި ފިލްމުގެ ބަތަލާއެވެ.
ސްޓޫޑެންޓް އޮފްދަ އިޔާ 2 ގެ ފުރަތަމަ ފެނިލުން ވަނީ ދައްކާލާފައެވެ. އޭގެއިން ފެންނަނީ ޓައިގާ ޝްރޮފް ސައިކަލެއްގެ މަތީގައި އޮއްވައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕޫނިޓް މަލޯތުރާއެވެ. ސްޓޫޑެންޓް އޮފް ދަ އިޔާ2 އަކާއި ބެހޭގޮތުން ކަރަންޖޯހަރު އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.