ފިލްމީ ދާއިރާއަށް އެއްވެސް ކަމެއް އޭނާގެ ކޯޑިނޭޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްނުދެވޭ ކަމަށާއި އެކަމަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގެން ނެޝަނަލް ސެންޓަފޯ ދިއާޓްސް(އެންސީއޭ) ހިންގެވުމާ ހަވާލުވެހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަބްދުﷲ މުއާޒު އިސްތިއުފާ ދެއްވައިފިއެވެ.
ފިލްމީ ދާއިރާއިންވެސް ފެނިގެން ގޮސްފައިވާ މުއާޒު އޭނާގެ ފޭސްބުކް އެކައުންޓުގައި ވަނީ އެކަން އިއުލާން ކުރައްވާ އިސްތިއުފާ ދެއްވި ސަބަބު ބަޔާންކުރައްވާފައެވެ.
މުއާޒު އޭނާގެ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމުގައި ހުންނަވާ ފިލްމީ ދާއިރާއަށް ކަމެއް ކޮށްދެވިފައި ނުވާތީ މައާފަށް އެދިލައްވާކަމަށެވެ. މީގެ އިތުރުން އިހުސާސެއްގެ ވަފާތެރިކަން ހަމަ ގައިމުވެސް ތިބާޔާ އަރާ ހަމަ ކުރާނެކަމަށާއި އެއްވެސް ކަމެއް ހިތަކަށް ނުލިބޭނެ ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.
މުއާޒު އިސްތިއުފާ ދެއްވާފައިވާއިރު ދާދިފަހުން އެންސީއޭއިން އިންތިޒާމްކޮށްގެން ބޭއްވި ދިވެހި ފިލްމީ އެވޯޑްސްގެ ނޯމިނޭޓްވި ފަރާތްތަކާ މެދު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ނޮމިނޭޝަންސްތަކަށް ޖަޖް ކޮށްފައިވަނީ އެއްވެސް އިންސާފެއް ނެތި ކަމަށެވެ.