ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކަންތައްތައް ކުރާ ގޮތުން ދިވެހިރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަށް ހުށަހެޅިގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރީއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، މަޖިލިސް މެމްބަރުންނަށް މަޖިލިސް އަށް ވަނަނުދީ ބޭއްވުމަށް ފަހު ރާއްޖޭގެ އަވައްޓެރިން ކަންބޮޑުވެ ނުތަނަވަސް ވާނެ އެންމެހައި ކަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޔާމީން މިފަދަ ކަންކަން ކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖެ ހަނގުރާމައިގެ ނުރައްކަލަށް ހުޅުވިގެންދާ ކަމަށާއި އެހެންކަމުން މިހެން ނުހުއްދެވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިހުންނާއި އަދި ސަރުކާރުގެ އެންމެހައި އިސްވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Majlis hisoarukoh,MP in Majlis ah vananudhee beyvumah fahu,Raajjeyge avahterin kanboduve nuthanavas vaane enmehaa kankan kuravvamun RY gendhavairu,Dhivehi Raajje midhanee haguraamaige nurakkalah hulhuvigen. Mihen nuhehdhevumah RY ashaai sarukaaru ge enme beyfulhun arihun edhen
— Mohamed Nasheed (@MohamedNasheed) December 18, 2017
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނިކޮށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާން ރަވިން ކުމާރު ވިދާޅުވެފައި ވަނީ އިންޑިއާއިން، ދިވެހިރާއްޖެ އިސްކުރާ ފަދައިން ދިވެހިރާއްޖެއިން ވެސް އެންމެ ފުރަތަމަ އިންޑިއާ އިސްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.