ކ. މާލެ
|
18 ޑިސެންބަރ 2017 | ހޯމަ 08:41
ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިވެހި ސިފައިންގެ ކްލަބް އުފުލާލަނީ
ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިވެހި ސިފައިންގެ ކްލަބް އުފުލާލަނީ
އެމްއެންޑީއެފް
ގައުމީ ވޮލީބޯޅަ މުބާރާތް
ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު ހޯދައިފި
ފައިނަލް މެޗު ސިފައިންގެ ކްލަބް ކާމިޔާބު ކުރީ ތިން ސެޓު، އެއް ސެޓުން
ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު
މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން

ސީ ލައިފް ގްލޯބަލް 49 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދީ، އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލްގައި ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މައްޗަށް ތިން ސެޓު، އެއް ސެޓުން ކުރި ހޯދައިގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ދިވެހި ސިފައިންގެ ކްލަބުން ގެންދިޔައީ، 25-23، 25-21، 18-25 އަދި 25-22 އިންނެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު ޕާކިސްތާނުގެ މުނީރު ޚާނެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފާއިތުވި އަހަރުވެސް މިމުބާރާތް ކާމިޔާބު ކުރި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މިސްކިތްމަގު ހޯދީ، ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފައިނަލްގައި ޕޮލިސް ކްލަބުގެ މައްޗަށް ތިން ސެޓު، އެއް ސެޓުން ކުރި ހޯދައިގެންނެވެ.

- ކޮމެންޓް