ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 16:59
ޓްރަމްޕްގެ ޓީމުންވަނީ އީމެއިލްތައް ހޯދާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ބުނެފަަ
ޓްރަމްޕްގެ ޓީމުންވަނީ އީމެއިލްތައް ހޯދާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ބުނެފަަ
ގޫގުލް
ޓްރަމްޕް-ރަޝިއާ ގުޅުން
ޓްރަމްޕްގެ ޓީމާއި ރަޝިއާގެ ގުޅުމުގެ ތަހުގީގު: ގިނަ އަދަދެއްގެ އީމެއިލްތަކެއް ހޯދައިފި
މުލަރގެ ތަހުގީގު ޓީމަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ޖެނެރަލް ސަރވިސް އެޑްމިނިސްޓްރޭޝަންއިން ކަމަށް ރިޕޯޓްތައް ބުނޭ
މުލަރ ތަހުގީގުކުރައްވަމުން ގެންދަވަނީ ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމާއި ރަޝިއާއާއި އޮތް ގުޅުން

އެމެރިކާގައި 2016ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި ރައީސް ޓްރަމްޕްގެ ޓްރާންސިޝަން ޓީމާއި ރަޝިއާގެ ފަރާތްތަކާއި ދެމެދު ބަދަލު ކުރެވިފައިވާ އެތައްހާސް އީމެއިލްތަކެއް ސްޕެޝަލް ކައުސެލް ރޮބަރޓް މުލަރ ހޯއްދަވައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ތަހުގީގުގެ ދަށުން އެފްބީއައިއިން ވަނީ މިހާތަނަށް ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ.

ޓްރަމްޕް ފޯ އެމެރިކާ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ވަކީލަކުވަނީ އެ އީމެއިލް ތައް ތަހުގީގު ޓީމުން ހޯދާފައިވަނީ ގާނޫނާ ޚިލާފަށް ތިންވަނަ ފަރާތެއް މެދުވެރިކޮށްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސްޕެޝަލް ކައުންސެލްގެ ތަރުޖަމާނު ވިދާޅުވީ އެކަމަށް އޮންނަ ކްރިމިނަލް ޕްރޮސެސް އަށް ވާނީ ބަލާފައި ކަމަށެވެ.

މުލަރ ތަހުގީގުކުރައްވަމުން ގެންދަވަނީ ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމާއި ރަޝިއާއާއި އޮތް ގުޅުންތަކެވެ.

މި ތުހުމަތުތައް ރައީސް ޓްރަމްޕްގެ ކެމްޕެއިން ޓީމުން އަދި ރަޝިއާއިންވެސް ދޮގުކުރެއެވެ.

ރައީސްކަމުގެ މަގާމަށް ޓްރަމްޕް އިންތިޚާބްވެ ވަޑައިގަތުމަށްފަހު އިންތިގާލީ ޓީމެއްގެ ގޮތުގައި އެކުލަވާލި، ޓްރަމްޕް ފޯ އެމެރިކާ ޓީމުން ބޭނުންކޮށްފައިވަނީ ސަރުކާރުގެ އިދާރާއެއްކަމަށްވާ ޖެނެރަލް ސަރވިސް އެޑްމިނިސްޓްރޭޝަންއެވެ.

މުލަރގެ ތަހުގީގު ޓީމަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ ޖެނެރަލް ސަރވިސް އެޑްމިނިސްޓްރޭޝަންއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް