ކ. މާލެ
|
17 ޑިސެންބަރ 2017 | އާދީއްތަ 02:46
ސަބްމެރިން ގެއްލިފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު
ސަބްމެރިން ގެއްލިފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު
ރޮއިޓަރސް
އާޖެންޓީނާގެ ސަބްމެރިން
އާޖެންޓީނާގެ ސަބްމެރިންއެއް ގެއްލުން: ކަނޑުގެ ސިފައިންގެ ވެރިޔާ މަގާމުން ވަކިކޮށްފި
އޭއާރއޭ ސެން ހުއާން ގެއްލިފައިވަނީ 44 ފަޅުވެރިންނާއެކު
ގެއްލުނު ފަޅުވެރިންގެ އާއިލާތަކުން ގެންދަނީ ސަބްމެރިން ހޯދުމުގެ މަސައްކަތް ހުއްޓާނުލުމަށް ސަރުކާރަށް ގޮވާލަމުން
އޭއާރުއޭ ސެން ހުއާން އަކީ 1983ގައި ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިންއެއް

ފަޅުވެރިންނާއެކު އާޖެންޓީނާގެ ސަބްމެރިންއެއް ދެކުނު އެޓްލާންޓިކް ކަނޑަށް މިދިޔަ މަހުގެ ތެރޭގައި ގެއްލުނު ހާދިސާ އަށްފަހު، އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާ މަގާމުން ދުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓަރ ހުކުރު ދުވަހު ވަނީ އެޑްމިރަލް މާސެލޯ ސްރުރަރ ރިޓަޔަޔ ކުރައްވާފައިވާ ކަމަށް ނިންމަވާފައެވެ.

އޭއާރއޭ ސެން ހުއާން ގެއްލިފައިވަނީ 44 ފަޅުވެރިންނާއެކުއެވެ. ސަބްމެރިން ގެއްލިފައިވަނީ ޕެޓަގޯނިއާގެ ސަރަހައްދުގައި އޮއްވައި ކަރަންޓުގެ މައްސަލައެއް ދިމާވި ކަމަށް ރިޕޯޓް ކުރުމަށްފަހު ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ސަބްމެރިން ހޯދުމަށް ހިންގި ބައިނަލްއަގްވާމީ އޮޕަރޭޝަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ގެއްލުނު ފަޅުވެރިންގެ އާއިލާތަކުން ގެންދަނީ ސަބްމެރިން ހޯދުމުގެ މަސައްކަތް ހުއްޓާނުލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ސަބްމެރިން ގެއްލުނުކަމަށް ބުނެފައިވަނިކޮށް ބާރު އަޑެއް އިވުނު ސަރަހައްދު ބައެއް ބޯޓުތަކުން މިހާރުވެސް ހޯދަމުން ގެންދެއެވެ.

އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ އަޑަކީ ސަބްމެރިން ގޮވި އަޑުކަމަށް ވެދާނެއެވެ.

އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ ވަނީ އޮޕަރޭޝަން ކުރިޔަށް ގެންދެވި ގޮތާމެދު އަމާޒުވި ފާޑުކިޔުންތަކަށްފަހު، މި ހާދިސާ ތަހުގީގުކުރެއްވުމަށް ޚާއްސަ މިނިވަން ކޮމިޝަނެއް އެކުލަވާލައްވާފައެވެ.

ޑިފެންސް މިނިސްޓަރ އޮސްކަރ އަގުއާޑް ވަނީ ދެފުށްފެންނަ ތަހުގީގެއް ކުރިޔަށް ގެންދެވުމަށް ވައުދުވެވަޑައިގެން އަދި އެކަމަށް އިމެއްނެތި ބަޖެޓް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭއާރުއޭ ސެން ހުއާން އަކީ 1983ގައި ޖަރުމަނުގައި ބަނދެފައިވާ ސަބްމެރިންއެކެވެ.

ދިގުމިނުގައި 66 ހުންނަ މި ސަބްމެރިން އެންމެ ބާރަށް ދުއްވެނީ ގަޑިއަކު 45 ކިލޯމީޓަރަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް