ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 12:15
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި
ޕޮލިސް
ފުލުހުން
މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ޕެކްޓްތަކަކާއެކު ދާންދޫއިން މީހަކު ހައްޔަރު ކޮށްފި
ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެއް

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 30 ޕެކެޓާއެކު ގއ. ދާންދޫއިން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ގއ ދާންދޫއިން ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނެކެވެ. 

އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރު ކުރީ ގއ. ތިނަދޫއިން ފުރައިގެން ދާންދޫ އަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންނަ ކަމަށް ބުނެ ފުލުހުންގެ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި އޭނާގެ އަތުން އެ ޕެކެތްތައް ފެނިފައި ވަނީ ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް ޓޭޕް އޮޅާފައިވާ ޕެކެއްޓެއް އެއްލާލުމުން އެ ޕެކްޓް ނަގައިގެން ބަލާ ފާސް ކުުރުމުގެ ތެރޭގައި ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް