ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 12:50
ސާގަރިކާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް
ސާގަރިކާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް
އިންސްޓަގްރާމް
ސާގަރިކާ ގާޓްގޭ
ސާގަރިކާ އާއި ޒަހީރްގެ ހަނީމޫން ރާއްޖޭގައި
މި ދެމަފިރިން ރާއްޖޭގައި ޗުއްތީ ހޭދަކުރަމުންދަނީ ސޮނޭވާ ޖާނީ ގައި

ބޮލީވުޑްގެ ތަރި ސާގަރިކާ ގާޓްގޭ އާއި ކްރިކްޓް ކުޅުންތެރިޔާ ޒަހީރް ޚާން އެ ދެމަފިރިންގެ ހަނީމޫންއަށް ރާއްޖެ އައިސްފިއެވެ. 
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެ އައިސް، ސޮނޭވާ ޖާނީގައި ޗުއްޓީ ހޭދަކުރަމުންދާ މި ދެމަފިރިން ކައިވެނި ކޮށްފައިވަނީ ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. 
މި ދެމަފިރިން ރާއްޖޭގައި ވަގުތު ހޭދަކުރަމުންދާގޮތް ސޯޝަލް މީޑީއާ މެދުވެރިކޮށް އާންމުކުރަމުންދާއިރު، މިހާތަނަށް އެ ދެމަފިރިން އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ރާއްޖޭގައި ހޭދަކުރަމުންދާ ވަގުތާއި މެދު ސާގަރިކާވެސް އަދި ޒަހީރްވެސް ވަރަށް ހިތްހަމަޖެހިފައި ތިބިކަން ހާމަވެއެވެ. 
2007 ވަނަ އަހަރު 'ޗަކް ދޭ އިންޑީއާ' އިން ބޮލީވުޑަށް ތަޢާރުފުވި ސާގަރިކާ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މަދު ފިލްމުތަކަކުން ފެނިގެން ގޮސްފައި ވީނަމަވެސް، އޭނާގެ ބައެއް ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމުތަކެވެ. 
ޒެކް، ޒިޕީ އަދި ޒަކީގެ ނަމުންވެސް މަޝްޙޫރުވެފައިވާ ޒަހީރް ޚާން އަކީ 2000 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް އިންޑިއާގެ ޤައުމީ ކްރިކްޓް ޓީމަށް ކުޅެފައިވާ، އިންޑިއާގެ ދެވަނައަށް އެންމެ ކާމިޔާބު ޕޭސް ބޯލަރއެވެ. 

A post shared by Sagarika (@sagarikaghatge) on

- ކޮމެންޓް