ބޮލީވުޑްގެ އެކްޓަރު، ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ނީރަޖް ވޯރާ މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނީރަޖް މަރުވެފައި ފަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 3:00 ހާއިރު މުމްބާއީގެ ހޮސްޕިޓަލެއްގައެވެ.
ނީރާޖް މަރުވިއިރު އޭނާ އޮތީ ކޯމާއެއްގައެވެ. އެގޮތުން މީގެ އެއް އަހަރު ކުރިން ނީރާޖް ކޯމާއަކަށް ދިޔައީ ހާޓް އެޓޭކްއަކާއި ސްޓްރޯކެއް ޖެހުމުގެ ސަބަބުންނެވެ.
ނީރާޖް ކޯމާއަށް ދިއުމިގެ ކުރިން ތައްޔާރު ވަމުން ދިޔައީ ކާމީޔާބް ފިލްމް "ހީރާ ޕޭރީ" ގެ ތިން ވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފެށުމަށެވެ.
ފިލްމް ޑައިރެކްޓް ކުރުމާއި ވާހަކަ ލިޔުމުގެ އިތުރުން އެކްޓްކުރުމުގެ ހުނަރު ލިބިފައިވާ ނީރަޖް ފިލްމީ ދާއިރާއަށް ދާއިރާ އަށް ވަދެފައި ވަނީ ކޮލެޖްގައި ކިޔަވަމުން ދިޔަ ދުވަސްވަރުގައެވެ. ލިޔުންތެރިއެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ސްޕަސްޓާ ޝާހުރުކް ހާންގެ ޓީވީ ޝޯ "ސާކަސް" ގައެވެ. އެކްޓަރެއްގެ ގޮތުގައި ނީރަޖް އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1984 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ހޯލީ" އިންނެވެ. އެ ފިލްމުގައި ނީރަޖްގެ އިތުރުން އާމިރު ހާން ވެސް ފެނިގެން ދެއެވެ.
މީގެއިތުރުން ނީރަޖް ލިޔެ، އެކްޓްކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި "ރަންގީލާ" "ރާޖޫ ބަންގަޔަ ޖެންޓަލްމެން" އަދި "އަކޭލޭ ހަމް އަކޭލޭ ތުމް" ފަދަ ފިލްމްތައް ހިމެނެއެވެ. އެންމެ ފަހުން ނީރަޖް އެކްޓަރެއްގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވެލްކަމް ބެކް" އިންނެވެ. އެ ފިލްމުގައި ސުޕްސްޓާ އަނިލް ކަޕޫރު ވެސް ފެނިގެން ދެއެވެ.
ނީރަޖްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ޕްރި ހީރާ ޕޭރީ" އަދި "ގޯމްމާލް" އެވެ. ގޯލްމާލް ގެ އެންމެ ފުރަތަމަ ވާހަކަ ލިޔެފައި ވަނީ ވެސް ނީރަޖްއެވެ.
ހަބަރުތައް ބުނާ ގޮތުގައި ނީރަޖްގެ ޖަނާޒާ އޮންނަނީ މިއަދު މެމްދުރު ފަހު 3:00 ހާއިރުއެވެ.