ވިލިމާލޭގައި މިރޭ ޖަލްސާއެއް ބޭއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މައުލޫމާތުދޭ ގޮތުގައި ޖަލްސާ އޮންނާނީ މިރޭ 9:45 ގައި ވިލިމާލޭ އެމްޑީޕީ ހަރުގޭގައެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންދަނީ ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖަލްސާ ބާއްވަމުންނެވެ.
އެގޮތުން، މިދިޔަ ހަފްތާ ބަންދުގައި ފ. މަގޫދޫގައި ޖަލްސާއެއް ބާއްވާފައިވެއެވެ. އޭގެ ކުރިން، ރ. މަޑުއްވަރީއާއި، ގއ. ވިލިނގިއްޔާއި، ގދ. ތިނަދޫގައިވެސް ޖަލްސާ ބާއްވާފައިވެއެވެ.
އިދިކޮޅު ޕާޓީތަކުން ބާއްވާ ސިލްސިލާ ޖަލްސާތަކަށް ދީފައިވާ ނަމަކީ، "ރައްޔިތުންގެ ބަދަލު" އެވެ.
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން، ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރު ބާއްވާ އާންމު އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ.