ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 10:13
އުމުރުފުޅުން 63 އަހަރުފުޅުގެ ޑަގް ޖޯންސް މި އިންތިޚާބް ކާމިޔާބުކުރެއްވުމުން ރިޕަބްލިކަންޕާޓީއަށް އަޣުލަބިއްޔަތު ހަނިވެގެންދާނެ
އުމުރުފުޅުން 63 އަހަރުފުޅުގެ ޑަގް ޖޯންސް މި އިންތިޚާބް ކާމިޔާބުކުރެއްވުމުން ރިޕަބްލިކަންޕާޓީއަށް އަޣުލަބިއްޔަތު ހަނިވެގެންދާނެ
ގެޓީ އިމޭޖަސް
އަލަބަމާގެ އިންތިޚާބު
ޓްރަމްޕްގެ ކެނޑިޑޭޓް ބަލިކޮށް 25 އަހަރަށް ފަހު އަލަބަމާގެ ގޮނޑި ޑެމޮކްރޭޓަކަށް
މިއީ25 އަހަރުގެ ތެރޭގައި އަލަބަމާގެ ގޮނޑި ޑެމޮކްރޭޓުންނަށް ލިބުނު ފުރަތަމަ ފަހަރު
ސެނޭޓްގައި ޑެމޮކްރޭޓުންނަށް 49 ގޮނޑި ލިބިފައިވާއިރު ރިޕަބްލިކަންއަށް 51 ގޮނޑި ލިބިފައިވޭ
އުމުރުފުޅުން 63 އަހަރުފުޅުގެ ޑަގް ޖޯންސް މި އިންތިޚާބް ކާމިޔާބުކުރެއްވުމުން ރިޕަބްލިކަންޕާޓީއަށް އަޣުލަބިއްޔަތު ހަނިވެގެންދާނެ

އެމެރިކާގެ ސެނޭޓްގެ އަލަބަމާގެ ގޮނޑިއަށް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ރޮއީ މޫރ އާ ވާދަކުރައްވާ ޑެމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޑަގް ޖޯންސް އިންތިޚާބް ކާމިޔާބް ކުރައްވައިފިއެވެ.

މިއީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ސެނޭޓްގެ އަލަބަމާ ގޮނޑި ޑެމޮކްރޭޓުންނަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކުރީގެ ޕްރޮސިކިއުޓަރއެއް ކަމަށްވާ އުމުރުފުޅުން 63 އަހަރުފުޅުގެ ޑަގް ޖޯންސް މި އިންތިޚާބް ކާމިޔާބުކުރެއްވުން ވެގެންދާނީ ސެނޭޓްގައި ރިޕަބްލިކަންޕާޓީއަށް އަޣުލަބިއްޔަތު ހަނިވެ އެ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއަކަށެވެ.

ސެނޭޓްގައި ޑެމޮކްރޭޓުންނަށް 49 ގޮނޑި ލިބިފައިވާއިރު ރިޕަބްލިކަންއަށް 51 ގޮނޑި ލިބިފައިވެއެވެ.

އިންތިޚާބުގައި މޫރ އަށް ގޮންޖެހުންތައް ކުރިމަތިވެ ވަޑައިގެންނެވީ ފުރާވަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރެއްވިކަމުގެ ތުހުމަތުތަކާއެކުއެވެ.

ރައީސް ޓްރަމްޕްގެ ތާއީދު ލިބިވަޑައިގެން ވާދަކުރެއްވި މޫރވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އިންތިޚާބުގެ ކާމިޔާބީ ޖޯންސް އިއުލާނުކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރައީސް ޓްރަމްޕްވަނީ ޓްވީޓެއް ކުރައްވައި އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.

"ރިޕަބްލިކަން ޕާޓީން އަނެއްކާ ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި ގޮނޑިއަށް އަމާޒު ކުރާނެ" ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 63 އަހަރުފުޅުގެ ޑަގް ޖޯންސް މި އިންތިޚާބް ކާމިޔާބު ކުރެއްވުމުން ރިޕަބްލިކަންޕާޓީއަށް އަޣުލަބިއްޔަތު ހަނިވެގެންދާނެއެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް