ކ. މާލެ
|
12 ޑިސެންބަރ 2017 | އަންގާރަ 10:20
1921 ގެ މަންޒަރެއް
1921 ގެ މަންޒަރެއް
ގެޓީ އިމޭޖަސް
1921
"1921" ގެ ޓްރެއިލާ އާންމު ކޮށްފި
މި ފިލްމު ނެރޭނީ އަންނަ އަހަރުގައި

ބިރުވެރި ފިލްމުތައް ހެދުމަށް މަޝްހޫރު ވިކްރަމް ބަޓްގެ އެންމެ ފަހުގެ ބިރުވެރި ފިލްމު "1921" ގެ ޓްރެއިލާ އާންމު ކޮށްފިއެވެ. މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެން ދަނީ ކަރަން ކުންދްރާ އާއި ޒަރީން ޚާން އެވެ.

މިޔުޒިކް ދާއިރާއިން ކިޔެވުމަށް ލަންޑަނަށްދާ ކުއްޖަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.

 މި ފިލްމު ވިކްރަމް ހަދަނީ އޭއެސްއޭ ޕްރޮޑަކްޝަންސް އެންޑް އެންޓަޕްރައިޒަސް އާއި ގުޅިގެންއެވެ. ވިކްރަމްގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ރާޒް ފްރަންޗައިޒްގެ ފިލްމުތައް ހިމެނެއެވެ.

"1921" އަކީ މީގެ ކުރިން ނެރުނު  ބިރުވެރި  ފިލްމު ކަމަށްވާ"1920"ސީރީޒްގެ ހަތަރުވަނަ ފިލްމެވެ. އެންމެ ފުރަތަމަ މި ސީރީޒްގެ ފިލްމެއް ހަދާފައިވަނީ 2008 ވަނަ އަހަރުގައެވެ. އެއީ "1920" ގެ ނަމުގައި ނެރުނު ފިލްމެވެ. އެއަށް ފަހު 2012 ވަނަ އަހަރު "1920:އެވިލް ރިޓާންސް" ގެ ނަމުގައި މި ސީރީޒްގެ ދެވަނަ ފިލްމު ވަނީ ނެރެފައެވެ. މިދިޔަ އަހަރުގައި ނެރެފައިވަނީ މި ސީރީޒްގެ ތިންވަނަ ފިލްމު "1920:ލަންޑަން" އެވެ.

"1920" ފްރަންޗައިޒް ފިލްމުތަކެއްގެ ގޮތުގައި ނެރޭކަމުގައި ވިއަސް މި ސީރީޒްގެ ހުރިހާ ފިލްމެއްގައިވެސް ހަރަކާތްތެރިވަނީ ތަފާތު ތަރިންތަކެވެ.

- ކޮމެންޓް