"ރާއްޖެޓީވީ ނައިޓް 2017"ގެ ޓިކެޓް ވިއްކުމުގެ ހާއްސަ ޕްރޮމޯޝަނެން މިއަދު ހަވީރު ބާއްވާ ގޮތަށް ނިންމައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންގާރަ ދުވަހު ހަވީރު 4:00 ރާއްޖެޓީވީ ސްޓޭޝަން ކުރިމަތީގައެވެ. މި ޕްރޮމޯޝަންގައި ރާއްޖެޓީވީ ނައިޓްގެ ވައިޓް ޓިކެޓެއް އެންމެ 200 ރުފިޔާއަށް ވިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ވައިޓް ޓިކެޓް ވިއްކާފައި ވަނީ 300 ރުފިޔާއަށެވެ.
އެގޮތުން މާދާމާ ހަވީރު ރާއްޖެޓީވީ ހިންގާ ހިމާރަތް، "އާރުޖީ ޓަވަރު" ކުރިމަތީގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން އިވިންޓްގައި ރާއްޖެޓީވީގެ ހުރިހާ ސްޓާފުން ބައިވެރިވާނެނެވެ.
އިންޑިއާގެ ތަރި އަންކިތާ ލޮކަންޑޭ ޕާފޯމް ކުރަން ހަމަޖެހިފައިވާ ރާއްޖެ ޓީވީ ނައިޓް އޮންނާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ގިޔާސުއްދީން ސްކޫލްގައެވެ. މި ޝޯގައި ލަންކާގެ ޖާދޫ ގަރެއް ވެސް ބައިވެރިވާ އިރު، ރާއްޖޭގެ މަޝްހޫރު ބައެއް ފަންނާނުންގެ ހުށައެޅުންތަށް ވެސް ފެނިގެންދާނެވެ.
ރާއްޖެޓީވީ ނައިޓްގެ ޓިކެޓްތައް ތިން ކެޓަގެރީއަކަށް ބެހިފައިވެއެވެ. ޕްލެޓިނަމް ޓިކެޓެއް 25،000 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ، ގޯލްޑް ޓިކެޓެއް ވިއްކަނީ 5000 ރުފިޔާ އަށެވެ. ސިލްވާ ޓިކެޓެއް 1000 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވާ އިރު ބުރޯންޒް ޓިކެޓެއް 700 ރުފިޔާއަށް ދަނީ ވިއްކަމުނެވެ. މާދާމާގެ ޕްރޮމޯޝަންގެ ހާއްސަ ކަމަކީ ވައިޓް ޓިކެޓެއް އެންމެ 200 ރުފިޔާއަށް ގަންނަން ލިބުމެވެ.