ލާމް ލިންކް ރޯޑުގައި ފޮނަދޫ އާއި ކައްދޫ ގުޅޭ ކޯސްވޭގައި އެކްސިޑެންޓެއް ހިނގާފިއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހު މެންދުރު 1:34 ކަންހާއިރު، ލ. ފޮނަދޫ އާއި ކައްދޫ ކޯސްވޭ ނިމޭ ހިސާބުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 34 އަހަރުގެ އަންހެން މީހާއަށާއި އެ ސައިކަލް ފަހަތުގައި އިން 27 އަހަރުގެ އެންހެން މީހާއަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
މި ދެ މީހުންނަން ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންގެ ހާލު ސީރިއެސް އެއް ނޫނެވެ.
މި އެކްސިޑެންގައި ސައިކަލާއި ޕިކަޕަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.