އެމްއެންޑީއެފް ކޯސްޓްގާޑްއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިއޮތް ލަންކާގެ މަސް ބޯޓެއް ހޯދައި، އެ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ އެމްއެންޑީއެގްފެ ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އިން ލަންކާގެ މަސް ބޯޓެއް ހޯދާފައިވާކަމަށާއި، އެ މަސް ބޯޓު ހޯދައިފައިވަނީ ތުރާކުނުގެ 62 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެއީ ރަޝަނި ކިޔާ މަސް ބޯޓެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުނެ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ މަސް ބޯޓުގައި 7 މީހުން ތިބި ކަމަށާއި، އެ ބޯޓުން ފެންވެސް ހުސްވެފައިވާކަމަށެވެ. އަދި އެ މީހުންނަށް ފެން ފޯރުކޮށްދީ ދެންވެސް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މި މަސް ބޯޓަކީ ތޫފާނު "އޮކި" އާއި ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ މަސް ބޯޓެކެވެ.