ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ހިޒް އެކްސެލެންސީ ޑރ. މަހާތިރް މުހައްމަދުއާ ބައްދަލުކުރެއްވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް މަރުހަބާ ދަންނަވައިފިއެވެ.
ހޯމަ ދުވަހުގެ ވަގުތެއްގައި ރައީސް މައުމޫނު ކުރެއްވި ޓްވީޓެގައި ވަނީ ޑރ. މަހާތިރްއާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަހުލޫފު އެމަނިކުފާނަށް މައުލޫމާތު ދެއްވުމަކީ ވަރަށް އުފާފުޅުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަކީ ދިވެހިންގެ ގާތް އެކުވެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ދިގު އުމުރެއް ދެއްވުމަށް އެދި ރައީސް މައުމޫން ވަނީ ޓްވީޓް ކުރައްވާފައެވެ.
Pleased that MP @AhmedMahloof met with HE Dr Mahathir @chetedofficial and briefed him on our political situation. The charismatic Malaysian leader is a close trusted friend of Maldives. Wish him a long life and further success in serving his country and the world!
— Maumoon Abdul Gayoom (@maumoonagayoom) December 11, 2017
ޑރ. މަހާތިރްއާ މަހުލޫފު ބައްދަލު ކުރައްވާފައިވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ. މި ބައްދަލުވުމުގައި މަހުލޫފު ވަނީ ރާއްޖޭގައި ސިޔާސީ މަސްރަހާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ޑރ. މަހާތިރްއަށް އަރުވާފައެވެ.
Great pleasure to meet the former Prime Minister, “The father of modernization” of Malaysia H.E Dr. Mahathir @chedetofficial .Briefed about our situation which is almost similar to what’s happening in Malaysia.Wishing H.E all the best in the upcoming election @SyedSaddiq pic.twitter.com/mgOYctbme1
— Ahmed Mahloof (@AhmedMahloof) December 11, 2017