އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ނެޝަނަލް ސެންޓަރފޯ ދި އާޓްސް ގެ މީޑިއާ ހެޑް އިބްރާހީމް ސައީދު (އިއްބެ) މިއަދު ވިދާޅުވީ މާދަމާ ރޭ ޓީވީއެމްގައި އޮންނަ ރަސްމިއްޔާތުގައި އެވޯޑްތަކަށް ނޮމިނޭޓް ވި ފަރާތްތައް އިއުލާން ކުރާނެކަމަށެވެ.
މިފަހަރުގެ އެވޯޑް ދޭ ބައިތައް ވަނީ 31 ބަޔަށް ބަހާލާފައެވެ.
އެއީ ފީޗާ ފިލްމު:
- އެންމެ މޮޅު ފިލްމު
 - އެންމެ މޮޅު ޑައިރެކްޓަރ
 - އެންމެ މޮޅު އެކްޓަރ(ފިރިހެން)
 - އެންމެ މޮޅު އެކްޓްރެސް(އަންހެން)
 - އެންމެ މޮޅު ސަޕޯޓިން އެކްޓަރ(ފިރިހެން)
 - އެންމެ މޮޅު ސަޕޯޓިމް އެކްޓްރެސް(އަންހެން)
 - އެންމެ މޮޅު ސްކްރީންޕްލޭ(އޮރިޖިނަލް)
 - އެންމެ މޮޅު ސްކްރީންޕްލޭ(އެޑަޕްޓެޑް)
 - އެންމެ މޮޅު ސިނެމަޓޮގްރަފީ
 - އެންމެ މޮޅު އެޑިޓިންގ
 - އެންމެ މޮޅު ބެކްގަރައުންޑް މިޔުޒިކް ސްކޯ
 - އެންމެ މޮޅު ސައުންޑް އެޑިޓިން
 - އެންމެ މޮޅުސައުންޑް މިކްސިން
 - އެންމެ މޮޅުވިޝުއަލް އިފެކްޓްސް
 - އެންމެ މޮޅުމޭކަޕް
 - އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން
 - އެންމެ މޮޅު އާޓް ޑައިރެކްޝަން
 - ކޮރިއޯގްރަފީ
 - އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ
 - އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ
 - އެންމެ މޮޅު ލަވަ(އޮރިޖިނަލް)
 - އެންމެ މޮޅު ލިރިކްސް
 
ކުރު ފިލްމު:
- އެންމެ މޮޅު ފިލްމު
 - އެންމެ މޮޅު ޑައިރެކްޓަރ
 - އެންމެ މޮޅު އެކްޓަރ(ފިރިހެން)
 - އެންމެ މޮޅު އެކްޓްރެސް(އަންހެން)
 - އެންމެ މޮޅު ސަޕޯޓިން އެކްޓަރ
 - އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް
 - އެންމެ މޮޅު އެޑިޓަރ
 - އެންމެ މޮޅު ސިނަމެޓޯގްރާފަރ
 
ޑޮކިއުމެންޓަރީ ފިލްމު
- އެންމެ މޮޅު ޑޮކިއުމެންޓަރީ ފިލްމު
 
އެންސީއައިއޭ އިން ބުނީ މި އެވޯޑަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ދޭ އެވޯޑެއް ކަމަށެވެ. ގައުމީ ފެންވަރެއްގައި ފިލްމު އެވޯޑް ދޭންފަށާފައި ވަނީ 1994 ވަނަ އަހަރުން ފެށިގެންނެވެ. ގައުމީ ފެންވަރެއްގައި ދެމުން އަންނަ ގައުމީ ފިލްމު އެވޯޑްސްގެ ނަން ދިވެހި ފިލްމީ އެވޯޑްސްގެ ނަމަށް ބަދަލުކޮށް 2014 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ނެރެފައިވާ ފިލްމުތަކަށް އެވޯޑް ދިނުމުގެ ހަފްލާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.