ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 12:06
އެމިނެމް
އެމިނެމް
ރޮއިޓަރސް
އެމިނެމް
އެމިނެމްގެ އާ އަލްބަމް ނެރެނީ މިމަހުގެ 15 ގައި
މި އަލްބަމްގެ މަސައްކަތް ފަށާފައިވަނީ މީގެ 18 މަސްދުވަސް ކުރިން
ރިވައިވަލް ގައި ހިމެނެނީ ޖުމްލަ 19 ލަވަ
އެމިނެމްގެ އެންމެ ފުރަތަމަ އަލްބަމަކީ 1996 ވަނަ އަހަރު

އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް ގެ އެންމެ ފަހުގެ އަލްބަމް"ރިވައިވަލް" ނެރޭނީ މިމަހުގެ 15 ގައި ކަމަށް އޭނާ ބުނެފިއެވެ.

އެމިނެމް ބުނީ އޭނާގެ އަލްބަމް "ރިވައިވަލް"ގެ މަސައްކަތް ފަށާފައިވަނީ މީގެ 18 މަސް ދުވަސް ކުރިން ކަމަށެވެ. އެމިނެމް ބުނެފައިވަނީ މި ލަވަ އަލްބަމުގައި މަޝްހޫރު އެތައް ފަންނާނުންގެ އެހީތެރިކަމެއް އޭނާއަށް ލިބުނު ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ގެ ވަރަށް ބޮޑު އެހީތެރިކަން ލިބުނު ކަމަށް އެމިނެމް ބުންޏެވެ.

ރިވައިވަލް ގައި ހިމެނެނީ ޖުމްލަ 19 ލަވައެވެ. ރިވައިވަލް ވެގެންދާނީ އެމިނެމްގެ ނުވަވަނަ ސޯލޯ އަލްބަމެވެ. އެމިނެމްގެ އަލްބަމެއް އެންމެ ފަހުން ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. އެއީ ސޯލޯ"ދަ މާޝަލް މެދާޒް އެލްޕީ 2"އެވެ.

އެމިނެމް ބުނީ ޝީރަންގެ އިތުރުން އޭނާ އަށް ދެން އެންމެ ބޮޑު އެހީތެރިކަމެއް  ލިބުނީ ބިޔޯންސޭ،ޕިންކް، އެލީޝިއާ ކީސް އަދި ސްކައިލާ ކްރޭގެ ފަރާތުން ކަމަށާއި އެ ފަރާތްތަކަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާކަމަށެވެ. އެ ފަންނާނުން ވަނީ މި އަލްބަމްގައި އެމިނެމްއާއި އެކު ކޮލަބަރޭޓް ކޮށްފައެވެ.

އެމިނެމްގެ އެންމެ ފުރަތަމަ އަލްބަމަކީ 1996 ވަނަ އަހަރު ނިކުތް އިންފިނިޓްއެވެ. ރިވައިވަލް ގައި އެޑް ޝީރަންގެ ޑުއެޓް ލަވައެއް ފެނިގެންދާނެއެވެ. އުމުރުން 26 އަހަރުގެ އެޑް ޝީރަން މީގެ ކުރިން ބުނެފައި ވަނީ އޭނާ ލަވަ ކިޔަން ފެށީ އެމިނެމް ގެ ސަބަބުން ކަމަށެވެ.

- ކޮމެންޓް