ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 11:59
ޕްރިންސް ހެރީއާއި ހޮލީވުޑް ތަރި މޭގަން މާކްލް
ޕްރިންސް ހެރީއާއި ހޮލީވުޑް ތަރި މޭގަން މާކްލް
ގެޓީ އިމޭޖަސް
ހެރީ އަދި މޭގަން
ޕްރިންސް ހެރީއާއި މޭގަންގެ ކައިވެންޏަށް 1.5 މިލިއަން ޕައުންޑް
މިއީ ހެރީގެ ފުރަތަމަ ކައިވެނި، އަދި މޭގަންގެ ދެވަނަ ކައިވެނި
ހެރީއާއި މޭގަން އެންގޭޖްކުރިކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގައި

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަން މާކްލް ކައިވެނި ކުރައްވަން 1.5 މިލިއަން ޕައުންޑް (2.7 މިލިއަން ޑޮލަރު) އަރާކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުގައި 1.5 މިލިއަން ޑޮލަރަކީ ހެރީއާއި މޭގަންގެ ހަމަ އެކަނި ކައިވެނި ހަފްލާގެ ޚަރަދެވެ. މިކައިވެނީގެ ސެކިއުރިޓީ ކަންތައްތަކަށް ވެސް ހަމައެކަނި 10 މިލިއަން ޕައުންޑް އަރައެވެ.

ކައިވެނީގެ ޚަރަދަށް 1.5 މިލިއަން ރުފިޔާ އެރިކަމުގައި ވިއަސް އެ ޚަރަދު ކުރާނީ މޭގަންގެ ބައްޕަ ޓޮމްއެވެ. އިނގިރޭސި ވިލާތުގެ ވެޑިން ޕްލޭނާ ހަމީޝް ޝެފާޑް ވަނީ ހެރީއާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް ބުނެފައެވެ.

ހެރީ އާއި މޭގެންގެ ކައިވެންޏަށް ދައުވަތު އަރުވާނީ 800 މީހުންނަށެވެ. އަދި މެންދުރުގެ ކެއުމުގެ ރިސެޕްޝަނަށް ދައުވަތު އަރުވާނީ 300 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހެރީއާއި މޭގަންގެ ގާތް ރައްޓެހިންނާއި އާއިލާގެ ބޭފުޅުންނެވެ.

ހެރީއާއި މޭގަން ލޯބީގެ ގޮތުން ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެދެމީހުން އެންގޭޖްކޮށް ކައިވެނި ކުރާނެކަމަށް އިއުލާން ކޮށްފައިވަނީ ކެންޒިންގޓަން ޕެލެސްގައި ދިރިއުޅޭ ކޮޓެޖްގައި މިދިޔަ މަހުގައެވެ. ހެރީއާއި މޭގަން ކައިވެނި ކުރާނީ އަންނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. 33 އަހަރުގެ ހެރީއާއި 36 އަހަރުގެ މޭގަން އެންގޭޖް ކޮށްފައިވަނީ މިވަނީ 16 މަސް އެކުގައި ހޭދަކުރެއްވުމަށް ފަހެވެ.

މި ކައިވެންޏަކީ ހެރީގެ އަލަތު ކައިވެންޏެވެ. އެހެން ނަމަވެސް މިއީ މޭގަންގެ އަލަތު ކައިވެންޏަށްނުވާއިރު 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި، ދެ އަހަރަށް ފަހު ވަނީ ރޫޅިފައެވެ.

- ކޮމެންޓް