ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 23:44
ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޮން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި ބައްދަލުކުރައްވަނީ
ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޮން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި ބައްދަލުކުރައްވަނީ
އަބުދުﷲ މުހައްމަދު
ގުދުސްގެ މައްސަލަ
ޓްރަމްޕްގެ ނިންމެވުމާއި ދެކޮޅުކަމަށް ނަތަންޔާހޫއަށް ދެންނެވިން: މެކްރޮން
އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމުގައި ބަލައިގަތުމުން އެކި ގައުމުތަކުން ދަނީ ނުރުހުންފާޅުކުރަމުން
އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމީ ޑިސެމްބަރު ހަވަނަ ދުވަހު
ދުނިޔެއިންދަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔަމުން

އެމެރިކާއިން އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތް ގަތުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫންކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގާތުގައި ވިދާޅުވެފައިވާނެކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

މެކްރޮން މިހެން ވިދާޅުވީ ޕެރިހުގެ ރިޔާސީ ގަނޑުވަރު، އިލީޒީ ޕެލަސްގައި އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަރަންސޭސި ރައީސް ވަނީ ސުލްހައިގެ ވާހަކަތައް އަލުން ދިރުވުމަށް ފަލަސްތީނުގެ ރައްޔިތުންނާ މުއާމަލާތް ކުރުމުގައި ހިތްވަރު ދެއްކެވުމަށް ގޮވައިލައްވާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޕެރިހުގައި ބައްދަލުކުރެއްވުމަށްފަހު މެކްރޮން ވިދާޅުވީ މިހާރު ވަދެވަޑައިގެންނެވިފައިއެވާ ކަންތަކުން ނުކުމެވަޑައިގެންނެވުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުންނާ މުއާމަލާތްކުރެއްވުމުގެ ހިތްވަރު ދެއްކެވުމަށް ނަތަންޔާހޫއަށް ގޮވާލެއްވިކަމަށެވެ.

މެކްރޮންގެ ބަޔާން ފައްޓަވާފައިވަނީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއެކު "މި ވޭތުވެތިޔަ ކުރު މުއްދަތުގައި" އިސްރާއީލާ ދެކޮޅަށް ދެވުނު ހަމަލާތައް ކުށްވެރިކުރައްވަމުންނެވެ.

ޓްރަމްޕްގެ ނިންމެވުމާއެކު ފެށިފައިވާ ހަމަނުޖެހުންތައް "ކޮންމެ ގޮތަކުން ނަމަވެސް ހުއްޓާލުމަށް" މެކްރޮންވަނީ ގޮވާލައްވާފައެވެ.

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް ނިންމަވައި ތެލްއަވީވުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރަން ނިންމެވިކަން ރައީސް ޓްރަމްޕް ހާމަ ކުރައްވާފައިވަނީ ޑިސެމްބަރުމަހުގެ ހަވަނަ ދުވަހުއެވެ.

 

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް