ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 08:30
އިރުމަތީ ގޫތާއިން ފަސްކުދިން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު އިތުރު 137 ކުއްޖަކަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވޭ
އިރުމަތީ ގޫތާއިން ފަސްކުދިން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު އިތުރު 137 ކުއްޖަކަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވޭ
އަލްޖަޒީރާ
ސީރިޔާ ހަނގުރާމަ
ސީރިޔާ ހަނގުރާމަ: ސީރިއަސް ހާލަތުގައިވާ 100 އަށް ވުރެ ގިނަ ކުދިން ފަރުވާދިނުމަށް ގެންގޮސްދިނުމަށް ޔުނިސެފުން އެދެފި
އިރުމަތީ ގޫތާއިން ފަސްކުދިން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު އިތުރު 137 ކުއްޖަކަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވޭ
ފަރުވާއަށް ބޭނުންވެފައިތިބި ބައެއް ކުދިން ތިބީ ކިޑްނީ ފެއިލްވުން ފަދަ ބަލިތައް ވެސް ޖެހިފައި

ދިމިޝްގުގެ ރަށްބޭރުން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހިފާފައިވާ ސަރަހައްދުގައި ތިބި އެތައް ކުޑަކުދިންނަކަށް ފަރުވާދިނުމަށް މިހާރުން މިހާރަށް އެ ސަރަހައްދުން ގެންދިއުމަށް އދގެ ކުޑަކުދިންނާ ބެހޭ އިދާރާއިން ގޮވާލައިފިއެވެ.

އިރުމަތީ ގޫތާއިން ފަސްކުދިން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު އިތުރު 137 ކުއްޖަކަށް ވަގުތުން ސިއްހީ ފަރުވާ ބޭނުންވެފައިވާ ކަމަށް އާދީއްތަ ދުވަހު ޔުނިސެފުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އުމުރުން ހަތް މަހުން ފެށިގެން 17 އަހަރާ ދެމެދުގެ ކުދިންނަށް ،ހަމަނުޖެހުމުގެ ތެރެއިން ލިބުނު ޒަޚަމްތަކުން ފެށިގެން ގޮސް ކިޑްނީ ފެއިލްވުމާ ކާޑު ބައްޔާ ހަމައަށް ފަރުވާ ނުލިބި އެބަތިބި ކަމަށް އެ ޖަމާއަތުންވަނީ ބުނެފައެވެ.

ޔުނިސެފުން ސީރިޔާއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ފްރާން އިކީޒާ ވިދާޅުވީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށެވެ.

ސިއްހީ ނިޒާމް އޮތީ ފުނޑުފުނޑުވެފައި އަދި ސްކޫލްތައް ބަންދުކޮށްފައި ހުންނަތާ މަހެއްހާ ދުވަސްވެފައިވާ ކަމަށާއި ބަލިވެފައިތިބި ކުދިންނަށް ސިއްހީ ފަރުވާ ލިބޭނެ ތަނަކަށް ގެންދިއުމަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތައްހާސް ކުދިންނެއްވަނީ އާއްމު ސުލްހަވެރި އަމާން ޅަ އުމުރެއް ލިބުމުން މަހުރޫމުވެފައި ކަމަށް ވިދާޅުވިއެވެ.

ސީރިޔާގެ ވެރިރަށް ދިމިޝްގާ 15 ކިލޯމީޓަރު ދުރުގައި އޮންނަ އިރުމަތީ ގޫޓާގެ ވަށައިގެން ސީރިޔާ ސިފައިންގެ ފައުޖުތައް ތިބޭތާ ހަތަރު އަހަރުވަނީ ވެފައެވެ.

އެ ސަރަހައްދުގައި ދިރިއުޅެމުންދާ 400،000 އެއްހާ މީހުންނަށް އިންސާނީ އެހީ 2013 ވަނަ އަހަރުން ފެށިގެން އެއްކޮށްކަހަލަ ގޮތަކަށް ވަނީ ކެނޑިފައި ކަމަށް ޔުނިސެފުން ބުނެއެވެ.

- ކޮމެންޓް