ފ. ބިލެއްދޫ އިބްރާހިމް ނާހިދު ކުއްލި ގޮތަކަށް ނިޔާވުމުން ފުން ހިތާމާގައި ބައިވެރިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީއަށް ވަފާތެރި އަދި ހިތްވަރު ގަދަ މެމްބަރެއް ކަމުގައިވާ އިބްރާހިމް ނާހިދު ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ ފ. މަގޫދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވިބޮޑު ޖަލްސާއަށް، ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ދިޔަ ޓީމުގެ ޙަރަކާތުގައި ބައިވެރިވެ، ފަތަން ފެށިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މެޔަށް އެރި ތަދަކާ ގުޅިގެން ރަށުގެ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންގެންދަނިކޮށް ކަމަށް އެޕާޓީން ބުންޏެއެވެ.
އިބްރާހިމް ނާހިދަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާޙީ މަސައްކަތުގައި ވަރަށް އިޚްލާސްތެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދެވި އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރެއް ކަމަށް އެޕާޓީން ބުންޏެއެވެ.
އަލްމަރުޙޫމް އިބްރާހިމް ނާހިދުގެ ފުރާނައަށް މާތް ﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާކުރާހިނދު އެ މަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ.