އިންޓަނެޓް މޫވީ ޑިބޭޓްސް (އައިއެމްބީޑީ) އިން މިފަހަރު "ޓޮޕް ފަސްޓަކަށް" ހޮވުނީ އިޒްރޭލްގެ ބަތަލާ ގަލް ގަޑޯއެވެ.
ގަލްގަޑޯ މަޝްހޫރު ވެފައި ވަނީ މިއަހަރުގެ ޖޫންމަހުގެ 2 ވަނަ ދުވަހު ނެރުނު "ވޮންޑާ ވުމަން" އިންނެވެ. ގަލް ގަޑޯ ވަނީ "ވޮންޑާ ވުމަން"ގެ އިތުރުން "ޖަސްޓިސް ލީގް" އިން ވެސް ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން "ބެޓްމޭން ވާސް ސުޕަމޭން" ގައި ވެސް އޭނާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.
އައިއެމްޑީބީގެ 2017 ވަނަ އަހަރުގެ އެންމެ މަޝްހޫރު 10 ތަރިން:
1. ގަލް ގަޑޯ
2. ޓޮމް ހާޑީ
3. އެމީލިއާ ކްލާކް
4. އެލެކްސެންޑްރާ ޑެޑާރިއޯ
5. ބިލް ސްކާސްގާޑް
6. ޕޮމް ކްލެމެންޓިއެފް
7. އޭނާ ދި އާމަސް
8. ޑޭން ސްޓީވެންސް
9. ސޯފިއާ ބޫޓެލާ
10. ކެތަރިން ލޭންގްފޯޑް
އައިއެމްބީޑީގެ "ބްރޭކްއައުޓް ސްޓާސް އޮފް 2017" ގައި ހިމެނެނީ:
- ބިލް ޝާކްސްގޯޑް
 - ޕޮމް ކްލެމެންޓީފް
 - އޭނާ ދި އާމަސް
 - ޑަން ސްޓީވެންސް
 - ކެތެރިން ލޭންގްފޯޑް
 - ޑައިލަން މިނެޓޭ
 - ސޯފިއާ ލިލީސް
 - ޖެސިކާ ހެންވިކް
 - އެލީސަން ބްރީ
 - ޒޯނީޑޯޑޯ
 
އައިއެމްބީޑީއަކީ ފިލްމުތަކާއި ޓީވީ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓެކެވެ. އެ ވެބްސައިޓުން ފިލްމުތަކުގެ ސަމަރީގެ އިތުރުން ފިލްމާ ދޭތެރޭ ނުވަތަ ޕްރޮގްރާމަކާ ދޭތެރޭ ބެލުންތެރިންގެ "ވިއުސް" ރޭޓް ކުރެވެއެވެ. މިމަހާ ހަމައަށް އެ ސައިޓަށް ވަނީ 4.7 މިލިއަން ފިލްމުތަކާއި ސީރީޒްތައް އަދި ޕްރޮގްރާމްތަކުގެ ޓައިޓްލްތައް އަޕްލޯޑުކޮށްފައެވެ. އަދި މީގެ އިތުރުން 8.3 މިލިއަން މީހުނާ ބެހޭ މައުލޫމާތު ވަނީ އަޕްލޯޑް ކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުރަކުން 83 މިލިއަން ރަޖިސްޓާޑް މީހުން އައިއެމްބީޑީ ބޭނުން ކުރެއެވެ.