ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 11:58
އިޒްރާއީލުގެ ހަމަލާގައި ކުޑަ ހަ ކުއްޖަކު ވަނީ ޒަޚަމްކޮށްލާފައި
އިޒްރާއީލުގެ ހަމަލާގައި ކުޑަ ހަ ކުއްޖަކު ވަނީ ޒަޚަމްކޮށްލާފައި
ރޮއިޓަރސް
ގުދުސްގެ މައްސަލަ
އިޒްރާއީލުން ވައިގެމަގުން ހަމަލާދީ ފަލަސްތީނުގެ 25 މީހުން ޒަޚަމްކޮށްލައިފި
އިޒްރާއީލުން ތުހުމަތުކުރާ ގޮތުގައި ހަމާސް އިން ވަނީ ރޮކެޓް ހަމަލާތަކެއް ދީފައި
އިޒްރާއީލުން ބުނީ ހަމަލާތައް އަމާޒުކުރީ ހަމާސްގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް
އިޒްރާއީލުގެ ހަމަލާގައި ކުޑަކުދިންތަކެއް ވެސް ވަނީ ޒަހަމްވެފައި

ހިސާރުކޮށްފައިވާ ޣައްޒާއަށް އިޒްރާއީލުން ވައިގެ މަގުން ދިން ހަމަލާއެއްގައި ހަ ކުޑަކުދިން ހިމެނޭ ގޮތުން ފަލަސްތީނުގެ 25 މީހަކު ޒަޚަމްވެއްޖެ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ އިޒްރާއީލުން ދިން ހަމަލާތަކަކީ ފަލަސްތީނުގެ ޣައްޒާގެ ތެރެއިން އިޒްރާއީލުގެ ތެރެއަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލިކަމުގެ ތުހުމަތު ކުރުމަށް ފަހު ދީފައިވާ ހަމަލާތަކެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒްރާއީލުން ވަނީ އެމެރިކާއިން ހަދިޔާކޮށްފައިވާ މިސައިލުން ދިފާއުވާ ނިޒާމް، އަޔަން ޑޯމް ބޭނުންކޮށްގެން އެއް ރޮކެޓް އިޒްރާއީލުގެ ސަރަހައްދުގެ ތެރެއިން ވައްޓާލާފައެވެ. އަދި ދެވަނަ ރޮކެޓް އިޒްރާއީލާ ހަމައަށް ފޯރާފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ތިންވަނަ ރޮކެޓް އިޒްރާއީލުގެ ދިރޫގައިގައި ގޮވާފައިވާ ކަމަށް އިޒްރާއީލުގެ ދުވަހު ނޫހެއް ކަމަށްވާ ހައާރެޒްގައި ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ހަމާސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިޒްރާއީލުގެ ޖެޓްތަކުން ޣައްޒާގެ އުތުރަށް ހަމަލާދީފައިވާ ކަމަށެވެ.

އިޒްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަމާސްގެ އަސްކަރީ މަރުކަޒުތަކަށެވެ.

އިޒްރާއީލުން ޣައްޒާއަށް މި ހަމަލާތައް ދީފައި މި ވަނީ އިޒްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ބޮޑެތި އިހުތިޖާޖުތަކެއް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދަނިކޮށެވެ. އެމެރިކާގެ މި ނިންމުމަށް ޔޫރޮޕްގެ ގިނަ ގައުމުތަކުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް