ދިވެހިރާއްޖޭގެ ގައުމީ ދިފާއި ބާރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި، ހ. ހަބަރުގެ ކާނަލް ރިޓަޔާޑް ޝައުކަތު އިބްރާހިމް (ހަބަރު ޝައުކަތު) ނިޔާވެއްޖެއެވެ.
އޭނާ ނިޔާވިއިރު އުމުރުފުޅަކީ 71 އަހަރެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ ކަށުނަމާދު މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެވެ.
އެމަނިކުފާނަކީ ދިވެހި އަސްކަރިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ދިފާއީ ބާރުގެ އެކި ރޭންކްތައް ފުރުއްވާފައިވާއިރު އެންމެފަހުން ފުރުއްވީ ކާނަލްއެއްގެ މަގާމެވެ. ކާނަލްގެ މަގާމުން ރިޓަޔާޑް ކުރެއްވިފަހުން ވެސް ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވެއެވެ.