ޗައިނާ އާއެކު ފްރީ ޓްރޭޑް އެގްރީމަންޓްގައި ދިވެހިރާއްޖެ އިން ސޮއިކޮށްފި އެވެ.
"ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު، ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދެވެ. ރައީސް އަބްދުﷲ ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސް ޒޮންގ ޝާން އެވެ.
ރައީސް ޔާމީން ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުން އިތުރު 11 އެއްބަސްވުމެއްގައި މިއަދު ސޮއިކުރި އެވެ.
ދިވެހިރާއްޖެ އަދި ޗައިނާ އިން ދެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ސޮއިކުރި އެއްބަސްވުން ތަކަކީ:
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ކޯޕަރޭޝަން ވިތްއިން ދަ ފްރޭމްވޯރކް އޮފް ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް އިނިޝިއޭޓިވް
- އެގްރީމަންޓް އޮފް އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އޮން ކޯޕަރޭޝަން އިން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެކްސްޗޭންޖް ލެޓަރ އޮން ދަ ޗައިނާ އެއިޑް މައިކްރޯ ގްރިޑް ސީ ވޯޓަރ ޑިސެލިނޭޝަން ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެކްސްޗޭންޖް ލެޓަރ އޮފް ފީސިބިލިޓީ ސްޓަޑީ އޮން ދަ ޗައިނާ އެއިޑް މުނިސިޕަލް ސޮލިޑް ވޭސްޓް ޓްރީޓްމަންޓް އެންޑް ރިސައިކްލިންގް ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ދަ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން
- ދަ ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްސަރވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ބިޓްވީން ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަން އެންޑް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްލޭނިންގް ބިޓްވީން މިނިސްޓްރޯ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް
- ފްރޭމްވޯކް އެގްރީމަންޓް އޮން ކޯޕަރޭޝަން އިން ރިލޭޝަން ޓު ޖޮއިންޓް ޑިވެލޮޕްމަންޓް އޮފް އެއާޕޯޓް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް އިން ހުޅުމާލެ، ރިޕަބްލިކް އޮފް މޯލްޑިވްސް ބައި އެންޑް ބިޓްވީން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެންޑް ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް
- ފެސިލިޓީ އެގްރީމަންޓް ފޮރ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފް ލިންކް ރޯޑް ކަނެކްޓިންގް ހުޅުލެ އެންޑް ހުޅުމާލެ ޕްރޮޖެކްޓް ބިޓްވީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް އިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް