ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 14:29
ޤުދުސް
ޤުދުސް
ދި ޓެލެގްރާފް
ޤުދުސްގެ މައްސަލަ
ތިންވަނަ އިންތިފާޟާއަށް ޙަމާސްއިން ގޮވާލައިފި!
އިންތިފާޟާއަކަށް އަލުން ނިކުތުމަށް ފަތަހަ ޖަމާޢަތުން ވެސް ވަނީ ގޮވާލާފައި

ތިންވަނަ އިންތިފާޟާއަކަށް ތެދުވުމަށް ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ގޮވާލައިފިއެވެ.

ޣައްޒާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވީ ޒަޔަނިސްޓިނުންގެ ކުރިމަތީގައި ހިތްވަރުދައްކައި، އިންތިފާޟާއަކަށް ނިކުތުމަށް ގޮވާލައްވާ ކަމަށެވެ.

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން ފަލަސްތީނާއި ޢަރަބި އަދި މުސްލިމް ޤައުމުތަކުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ރުޅިވެރިކަމުގެ ތިން ދުވަސް ފާހަގަކުރުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ ގޮވާލައްވާފައެވެ.

ފަތަހަ ޖަމާޢަތުން ވެސް ވަނީ އިންތިފާޟާއަކަށް ތެދުވުމަށް ގޮވާލާފައެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާ ދެކޮޅަށް ފުރަތަމަ އިންތިފާޟާއަށް ފަލަސްތީނުން ނިކުތީ 1987 ވަނަ އަހަރުން 1993 ވަނަ އަހަރާ ދެމެދުއެވެ. އަދި ދެވަނަ އިންތިފާޟާއަށް ނިކުތީ 2000 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދުގައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް