ތިން ލައްކައަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ގައުމެއްގައި އެންމެ މީހަކަށް ގައުމުގެ މުސްތަގްބަލް ބޭރު ބަޔަކަށް ވިއްކާލުމުގެ އިހްތިޔާރު އޮންނާނެތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވާލުކުރައްވައިފި އެވެ.
ރައީސް މައުމޫން މިފަދައިން ސުވާލު ކުރައްވާފައިވާ އިރު، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަކައި ރައީސް ޔާމިން ނިންމަވައި އެކަން ވަނީ މަޖިލީހުން ވެސް ފާސްކޮށްފަ އެވެ. އަދި ރައީސުލްޖުމްހުރިއްޔާ މިހާރު ހުންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ދައުވަތުފުޅަކަށް އެގައުމަށް ވަޑައިގަންނަވާ އެވެ. ބެލެވެ ގޮތުގައި މި ދަތުރުފުޅުގައި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނެއެވެ.
Alhugan’duge suwaaleh: 3 lakka ah vure gina meehun ulhey qawmeh ge emme meehakah eqawmuge mulhi musthaqbal beyru bayakah vikkaalumuge ikhthiyaaru onnaane thoa?
— Maumoon Abdul Gayoom (@maumoonagayoom) December 6, 2017
ރައީސް ޔާމީން ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ދެގައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.