ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 11:17
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ސަރަަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްގައި
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ސަރަަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްގައި
ރޮއިޓަރސް
ރޮހިންޔާ މުސްލިމުން
ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގީ ޤަތުލުއާއްމެއް: އދ
މިމައްސަލަ އިތުރަށް ތަހުޤީޤްކޮށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިންސާނީ ހައްޤުތަކާއި ބެހޭ އިސްވެރިޔާ ގޮވާލެއްވި
އޮގަސްޓް މަހުން ފެށިގެން ބައި މިލިއަނަށްވުރެ ގިނަ ރޮހިންޔާ މުސްލިމުން ބަންގްލަދޭޝްއަށް ވަދެފައިވޭ
ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ބަންގްލަދޭޝްއަށްވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ހިންގި އިންސާނިއްޔަތާއި ޚިލާފު އަމަލުތަކަކީ ޤަތުލުއާއްމެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އދއިން ބުނެފިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގައި ވާހަކަ ދައްކަވަމުން، އެޖަމާޢަތުގެ އިންސާނީ ހައްޤުތަކާއި ބެހޭ އެންމެ އިސްވެރިޔާ ޒައިދު ރާދު އަލްޙުސެއިން ވިދާޅުވީ މިދިޔަ އޮގަސްޓްމަހު މިޔަންމާގެ ރަޚައިން ސްޓޭޓްގައި މިދިޔަ އޮގަސްޓްމަހު އެޤައުމުގެ ސަލާމަތީ ބާރުތަކުން އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގާފައިވާކަމުގެ ކަންބޮޑުވާފަދަ ރިޕޯޓްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނާއި ބޮޑެތި މީހުން ކަތިލުމާއި، މީހުން އެމީހުންގެ ގެދޮރުގެ ތެރޭގައި ތިއްބާ އަންދައި މަރާލިކަމުގެ ރިޕޯޓްތަކާއި، ސަލާމަތްވާން ދުވެފައިވާ އާއްމުންގެ ގަޔަށް ބަޑައިޖެހުމާއި، އަންހެނުންގެ ޢިއްފަތްތެރިކަން ފޭރުމާއި، ގެދޮރާއި ސްކޫލްތަކާއި މިސްކިތްތައް އަންދާލިކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް ޒައިދު ވިދާޅުވިއެވެ.

"މިހުރިހާ ކަމަކާއިއެކު، ޤަތުލު އާއްމެއް ނުހިންގައޭ ބުނެވިދާނެތޯ؟"، ޒާދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލާއި ސުވާލު ކުރެއްވިއެވެ.

ޒައިދުވަނީ މިޔަންމާގައި ހިންގި ޤަތުލުއާއްމު އިތުރަށް ތަހުޤީޤުކުރުމަށް އދގެ އާއްމު މަޖިލީހަށް ގޮވާލުމަށް އިންސާނީ ހައްޤުތަކާއި  ބެހޭ ކައުންސިލުގެ 47 ޤައުމަށް ގޮވާލައްވާފައެވެ.

މިޔަންމާގެ ސަރުކާރުން ވަނީ އެޤައުމުގެ ސިފައިން ޤަތުލުއާއްމު ހިންގިކަމަށާއި އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގިކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެހެންނަމަވެސް ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ޖަރީމާތައް ހިންގި އުތުރު ރަޚައިން ސްޓޭޓަށް ނޫސްވެރިންނާއި އދގެ އޮފިޝަލުން ވަނުން މިޔަންމާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އޮގަސްޓްމަހުން ފެށިގެން މިޔަންމާ ސަރުކާރުން ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަނުން ސަލާމަތް ވުމަށް 626،000 (ހަ ލައްކަ ސައްބީސް ހާސް) މީހުން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްއަށް ވަދެފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ. ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލުމާއި ގުޅޭ އެއްބަސްވުމެއްގައި މިޔަންމާއާއި ބަންގްލަދޭޝްއިން ނިމިދިޔަ މަހުވަނީ ސޮއެ ކޮށްފައެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގެ ތަފްޞީލެއް އެއްވެސް ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ. ޒައިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ރައްކާތެރިކަމާއިއެކު އުޅޭވެނެކަން ޔަޤީންކުރެވޭނެ، އިންސާނީ ހައްޤުތައް މޮނީޓަރކުރެވޭ ނިޒާމެއް ޤާއިމު ނުކުރެވެނީސް ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލައިގެން ނުވާނެ ކަމަށެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް