ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 14:29
ސައުދީގެ ސިޔާސީ ހަލަބޮލިކަމާއެކު ސަލްމާން ވަނީ މީޑިޔާތަކުގެ ސަމާލުކަން ހޯއްދަވާފައި
ސައުދީގެ ސިޔާސީ ހަލަބޮލިކަމާއެކު ސަލްމާން ވަނީ މީޑިޔާތަކުގެ ސަމާލުކަން ހޯއްދަވާފައި
ގެޓީ އިމޭޖަސް
ޓައިމްސްގެ ޝަޚުސިއްޔަތު
ޓައިމްސްގެ އަހަރުގެ ޝަޚުސިއްޔަތު، ސައުދީ ވަލީއަހުދު މުހައްމަދު
އުމުރުފުޅުން 32 އަހަރުފުޅުގެ ވަލީ އަހުދަށް  24 އިންސައްތަ ވޯޓް ލިބިވަޑައިގެންފައިވޭ
ދެވަނަ އަށް ގޮސް ފައިވަނީ މީ ޓޫ ގެ ނަމުގައި ހިންގާ ކެމްޕޭނެއް

ޓައިމްސްގެ 2017 ވަނަ އަހަރުގެ ޝަޚްސިއްޔަތަކަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހޮވިވަޑައިގެންފިއެވެ.

އޮންލައިންކޮށް ނެގި ޕޯލްގައި ވަލީއަހުދުވަނީ ދުނިޔޭގެ ލީޑަރުންނާއި،އިންޑަސްޓްރީ ތަކުގެ ވެރިންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާއާއި އެކްޓިވިސްޓުންނާ ވާދަކުރައްވާ ޕޯލްގެ ކުރި ހޯއްދަވާފައެވެ.

އުމުރުފުޅުން 32 އަހަރުފުޅުގެ ވަލީ އަހުދަށް  24 އިންސައްތަ ވޯޓް ލިބިވަޑައިގެންފައިވެއެވެ.

ދެވަނައަށް ގޮސްފައިވަނީ މީ ޓޫ ގެ ނަމުގައި ހިންގާ ކެމްޕޭނެކެވެ. އެ ކެމްޕޭނަށް ހަ ޕަސެންޓް މީހުން ވޯޓް ދީފައިވެއެވެ.

ފަސް ޕަސެންޓް ވޯޓާއެކު ތިންވަނައިގައި އުޅުއްވަނީ ކުރީގެ ސެން ފްރެންސިސްކޯ 49އީއާރްއެސް ގެ މަސައްކަތް ކުރެއްވި ކޮލިން ކެމްޕަރނިކްއާއި،ސްޕެޝަލް ކައުންސެލް ރޮބަރޓް މުލަރ އަދި ޑްރީމަރސްއެވެ.

ޓައިމްސްގެ އަހަރުގެ ޝަޚްސިއްޔަތު ހޮވަނީ އަހަރުގެ ތެރޭގައި ކިޔުންތެރިން ދެކޭގޮތުގައި އެންމެ މަގްބޫލު ޝަޚްސިއްޔަތެކެވެ.

ކިޔުންތެރިންގެ ވޯޓާއި ވަކި ފަރުދުންގެ ހޮވުން މީގެ ކުރީ އަހަރުތަކުގައި ތަފާތުވެފައިވެސް ވެއެވެ. 2016 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އޮންލައިން ޕޯލުން ކުރި ލިބިލެއްވި ނަމަވެސް އަހަރުގެ ޝަޚްސިއްޔަތު ލިބިވަޑައިގެންފައި ވަނީ ޑޮނަލްޑް ޓްރަމްޕް އަށެވެ. 2015 ވަނަ އަހަރު ކިޔުންތެރިންގެ ތެރޭގައި ސެނޭޓަރ ބާނީ ސޭންޑަރސް އެންމެ މަގުބޫލު ފަރާތަކަށް ހޮވުނުއިރު އަހަރުގެ ޝަޚްސިއްޔަތަކަށް ހޮވި ވަޑައިގެންފައިވަނީ ޖަރުމަނުގެ ޗާންސެލަރ އަންގެލާ މާކެލްއެވެ.

ވަލީއަހުދު ސަލްމާން ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ނަމުގައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ވިޝަން 2030 ގައި އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއެކު ދުނިޔޭގެ މީޑިޔާތަކުގެ ސަމާލުކަން ހޯއްދަވާފައެވެ.

 

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް