ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 10:27
ލަވަ ކިޔުންތެރިޔާ ޓިއެސްޓޯ
ލަވަ ކިޔުންތެރިޔާ ޓިއެސްޓޯ
ގެޓީ އިމޭޖަސް
ޓިއެސްޓޯ
ޓިއެސްޓޯއާއި އޭނާގެ ލޯބިވެރިޔާ އެންގޭޖްވީ ރާއްޖޭގައި
އެދެމީހުން އެންގޭޖްވީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ޓިޖްސް މިޝިއެލް ވާވެސްޓް ނުވަތަ ސްޓޭޖް ނަމުންނަމަ ޓިއެސްޓޯ އާއި އޭނާގެ ލޯބިވެރިޔާ އެންގޭޖް ވެއްޖެއެވެ.

ޓިއެސްޓޯ އާއި އޭނާގެ ލޯބިވެރިޔާ  އަދި މޮޑެލް އަނިކާ ބެކްސް އެންގޭޖް ކޮށްފައިވަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގައެވެ.

ޓިއެސްޓޯގެ އިންސްޓަގްރާމަށް ހޯމަދުވަހު ލާފައިވާ ފޮޓޯގެ ކެޕްޝަނުގައި ވަނީ އޭނާގެ ލޯބިވެރިޔާއާއި އެކީ ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް ނިންމައިފިކަމަށެވެ.

ފޮލޯވާސްގެ ގޮތުގައި 5.3 މިލިއަން ފޮލޯވާސް އިންސްޓަގްރާމުގައި ތިބޭ ޓިއެސްޓޯގެ އެ ފޮޓޯއަށް ވަނީ އޭނާގެ އެތައް ފޭނުންނެއް މަރުހަބާކިޔާފައެވެ. އަނެއްކާވެސް ވަނީ އެ ފޮޓޯ އޭނާގެ އިންސްޓަގްރާމަށް ލާފައެވެ.

 

ޓިއެސްޓޯއާއި އޭނާގެ ލޯބިވެރިޔާ

އަނިކާގެ އިންސްޓަގްރާމަށް ވެސް އެ ފޮޓޯ ލުމަށް ފަހު އޭނާއަކީ މިދުނިޔެ މަތީގެ އެންމެ ނަސީބުގަދަ އަންހެން ކުއްޖާކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ ޓިއެސްޓާގެ ހަޔާތުގެ ކުރިއަށް ހުރި ދުވަސްތަކުގައި ދިރިއުޅުމަށް ތައްޔާރަށް ހުރިކަމަށް ވަނީ ބުނެފައެވެ.

ޓިއެސްޓާއާއި އަނިކާ އެންގޭޖްވެފައި ވަނީ ދެ އަހަރު ރައްޓެހިވެގެން އުޅުމަށްފަހުގައެވެ. މިދެމީހުން ކައިވެނި ކުރާނެ ކަމަށް ބައެއްނޫސްތަކުގައި ބުނެފައިވަނީ އަންނަ އަހަރުގައެވެ.

ޓިއެސްޓާ މަޝްހޫރު ވެފައިވަނީ އެންމެ މޮޅު ޑީޖޭ ހުށައަޅައިދޭ  މީހެއްގެ ގޮތުގައެވެ. އޭނާއަށް ވަނީ 2013 ވަނަ އަހަރު "ޑީޖޭ މެގަޒިންގެ" ކިޔުންތެރިން ނަށް ހުޅުވާލައިގެން ހޮވި ވިހި އަހަރުގެ ތެރޭގައި އެންމެ މޮޅު ޑީޖޭ ހުށައެޅުންތެރިޔާގެ މަގާމު ލިބިފައެވެ.

- ކޮމެންޓް