މޫސުން ގޯސްވުމުގެ ސަބަބުން ފ. މަގޫދޫގައި ބޭއްވުމަށް ނިންމި ޖަލްސާ ފަސްކުރުމަށް ފަހު، އަންނަ ހުކުރު ދުވަހުގެ ރޭ އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާމަކޮށްފި އެވެ.
ޑިސެމްބަރު 1 ގައި ބޭއްވުމަށް ނިންމި ޖަލްސާ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފަސްކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ އަންނަ ހުކުރު ދުވަހު ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި ޖަލްސާއަކީ ބޮޑު ޖަލްސާއަކަށް ވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާމަކުރެއެވެ.
Gulhifaivaa Siyaasee Party thakun baavvaa Jalsa 8/12 vaa Hukuru dhuvahuge rey 9:30 ga F.Magoodhoo Bandharu Sarahadhdhu ga onnaane. Dhauvathu aruvan.#RayyithungeBadhalu#MagoodhooJalsa pic.twitter.com/rcmxqqiuFL
— MDP Secretariat (@MDPSecretariat) December 4, 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ތިނަދޫގައި ވެސް ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ. ސަރުކާރުގެ ހުރަސްތަކާ އެކު ވެސް ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވި އިރު، ސަރުކާރުން ބިރުދެއްކި ނަމަވެސް މަގޫދޫ ޖަލްސާއަކީ ވެސް ބޮޑު ޖަލްސާއަކަށް ވެގެންދާނެ ކަމަށް ޕާޓީތަކުން ބުނެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަގޫދޫގައި ޖަލްސާއެއް ބާއްވާއިރު، ސިޔާސީ ޕާޓީތަކުން ވަނީ ޗައިނާއާ އެކު ސަރުކާރުން އެކުލަވާލަން އުޅޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭނާ އެކު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އިތުރުކޮށް، އިހުތިޖާޖްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނާ ގޮތުގައި ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމުގެ މުޅި އިޤްތިސާދު ފުނޑާލުމަށް ވެފައިވާ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އަޅުވެތިކަމެއްގެ ތެރެއަށް ދާނެ ކަމަށް ސިޔާސީ ޕާޓީތަކުން ހާމަކުރެ އެވެ.