މަޝްހޫރު ފިލްމީ ތަރި ޝަޝީ ކަޕޫރު މަރުވުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަޝީ ކަޕޫރު މަރުވުމާއި ގުޅިގެން އޭނާގެ ދަރިފުޅު ސަންޖަނާ ކަޕޫރާއި އާއިލާއަށް އެމަނިކުފާނާއި އަނބިކަނބަލުން ލައިލާ އަލީ ގެ ނަމުގައި ތައުޒިޔާ ކިޔުއްވާކަމަށެވެ.
Laila and I wish to express our deepest condolences to Sanjana Kapoor and Shashi Kapoor’s family during this difficult time. May his soul rest in peace. pic.twitter.com/OvGeDazWCu
— Mohamed Nasheed (@MohamedNasheed) December 4, 2017
ޝަޝީ ކަޕޫރު މަރުވެފައިވަނީ ކިޑްނީއަށް ފަރުވާ ކުރަމުންދަނިކޮށް އިންޑިއާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ.
ޝަޝީ ކަޕޫރު މަރުވި އިރު އަންހެން ދަރިއަކާއި ތިން ފިރިހެން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ ކުނާލް ކަޕޫރާއި ކަރަން ކަޕޫރު އަދި ސަންޖަނާ ކަޕޫރެވެ. އޭނާ މަރުވިއިރު އުމުރަކީ 79 އަހަރެވެ.
ޝަޝީއަށް ވަނީ 2011 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ސަރުކާރުން ދޭ ޕަދުމާ ބުޝަން ސިވިލިއަން އެވޯޑު ލިބިފައެވެ. އަދި 2015 ވަނަ އަހަރުގެ ތެރޭގައި އޭނާ އަށް ވަނީ، ދާދާސާހެބް ފަލްކޭ އެވޯޑް އަރުވާފައެވެ.