މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕާމަނަންޓް ސެކެރެޓަރީގެ މަގާމުގައި ހުންނެވި ހުސައިން ސިނާނު އެމަގާމުން ވަކިކޮށްފިއެވެ.
ސިނާނު އެމަގާމުން ވަކިކޮށްފައިވާކަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ޔަގީން ކޮށްދީފައެވެ. އަދި އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ނަމަވެސް ސިނާނު މަގާމު ވަކިކުރި ސަބަބެއް މިހާތަނަށް އެކޮމިޝަނުންނާއި ކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މަގާމަށް ސިނާނު އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެއް ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި ސިނާނަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.