"ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް"ގެ ނަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އާދީއްތަ ދުވަހުގެ ރޭ އެވޯޑް ދިނުމުގެ ހަފްލާއެއް ބާއްވައިފިއެވެ.
ދިއްދޫ ދެކުނު ބަނދަރު ސަރަހައްދުގައި ބޭއްވި މި އެވޯޑް ހަފްލާގައި ހއ. އަތޮޅަށް ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ފާހަގަ ކުރެވޭ ފަދަ ޝަރަފްވެރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށާއި، ހއ. އަތޮޅުގެ ސުކޫލްތަކުން ފަހުރުވެރި ވަނަތައް ހޯދާފައިވާ ފަރާތްތަކަށާއި، އެ އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އެ އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ކްލަބު ޖަމިޢިއްޔާތައް ފާހަގަކޮށް، އެވޯޑް ވަނީ ދީފައެވެ.
މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރެވެ.
އިނާމް ލިބިފައިވާ ފަރާތްތައް:
ހިތްވަރު ދިނުމުގެ އިނާމް: މުހައްމަދު ރަޝީދު، މާޒީ/ ހއ. ދިއްދޫ
ހއ. އަތޮޅުގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ރިސޯޓް: ޖޭ.އޭ މަނަފަރު ރިސޯޓު
ހއ. އަތޮޅުގެ ކްލަބް/ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ޖަމިއްޔާ: ކެލާ ޔޫތު ފޯރަމް
ހއ. ކައުންސިލްގެ ތެރެއިން ދެވަނައަށް އެންމެ ހިންގުންތެރި ކައުންސިލް: ތިލަދުންމަތީ ކެލާ ކައުންސިލް
ހއ. އަތޮޅު ޤްރުއާން މުބާރާތުގެ އެންމެ މޮޅު އަށް ދަރިވަރުން:
1. ނުޒުލާ އިސްމާޢީލް ރަޝީދު، ފެހިއާރު، ހއ. ދިއްދޫ
2. ޢާއިޝަތު ނަބީހާ އަމީން، ކާނިގަސްދޮށުގެ، ހއ. ކެލާ
3. ޒުމްރާ އަޙުމަދު، ސާވަން، ހއ. ދިއްދޫ
4. ރާއިފް މުޙައްމަދު ރަފީޢު، ގްރީންހެވަން، ހއ. ހޯރަފުށީ
5. ޢާއިޝަތު ޝަރުފާ، ނޫވިލްގެ، ހއ. ހޯރަފުށީ
6. އަޙުމަދު ޝުޖާޢު، ތޯތާއާގެ، ހއ. ހޯރަފުށީ
7. މަރްޔަމް މަހާ މުޙައްމަދު، މާޒީ، ހއ. ދިއްދޫ
8. އައުލާ އަޙުމަދު ޝާކިރު، ސަންޝައިން، ހއ. ދިއްދޫ
ކައުންސިލުންދޭ ޚާއްޞަ އިނާމް (އެސްއެސްސީ): ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1 ވަނަ
މަރްޔަމް އީމާ ޢަލީ، އަލިރެސް، ހއ. ހޯރަފުށީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމް(ޑިގްރީންމަތި):
އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ޑޮކްޓަރ އޮފް އެޑިއުކޭޝަން ޙާޞިލް ކުރައްވާފައި ވާތީ: މަރްޔަމް ޝަހުނީޒާ ނަޞީރު، ތިލަދޫ ހއ. ދިއްދޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2016 ވަނަ އަހަރު ހިންގި މާސްޓަރ އޮފް އާރޓްސް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ ކޯހުން 1 ވަނަ: ޢާޠިފާ ޒަކަރިއްޔާ، ނޫރަލީގެ ހއ.މާރަންދޫ
ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އިން 2014 ވަނަ އަހަރު ހިންގި ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒް ވިތް އޮނާރސް ކޯހުން ޑިގްރީ ކޯހުން 1 ވަނަ: ޚަދީޖާ ލީޒާ، ނިވައިދޮށުގެ, ހއ.ކެލާ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނީ މި އެވޯޑް ދިނުމުގެ މަގްސަދަކީ ގައުމީ ފެންވަރުގަ އާއި އަތޮޅު ފެންވަރުގަ އާއި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމާއި، އެފަދަ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ހދ. އަތޮޅުގެ ޝަރަފުވެރިންގެ އަގު ވަޒަން ކުރުން ކަމަށެވެ.