ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 19:26
ވިކްޓޯރިއާގައި ފެންބޮޑުވެފައި
ވިކްޓޯރިއާގައި ފެންބޮޑުވެފައި
އަލްޖަޒީރާ
އޮސްޓްރޭލިއާގައި ފެންބޮޑުވުން
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ފެންބޮޑުވެއްޖެ
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާއްމުން ވަނީ ވެލިބަސްތާ ޖަހާފައި
ގިނަ ސިޓީތަކަށް ވަނީ ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައި

ދެ ދުވަސް ތެރޭގައި 200 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި ހޮނިހިރު ދުވަހު ފެންބޮޑުވެއްޖެއެވެ.

ހަފްތާ ބަންދުގައި މައުންޓް ސެއިންޓް ލިއޮނާޑްސްއަށް 228 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މިއީ ރެކޯޑް މިންވަރެކެވެ.

މެލްބަން  ބަލާއިރު ވެސް މި ދިޔަ ހޮނިހިރު ދުވަހަކީ 1992 ވަނަ އަހަރުގެ ފަހުން 24 ގަޑިއިރެއްގެ ތެރޭ އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެވެ.

ނިއު ސައުތު ވޭލްސްގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ އެޝޫކާއަށް ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް 123 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މީޓިއޮރޮލޮޖީ ބިއުރޯގެ ތަފާސް ހިސާބަށް ބަލާއިރު އެއީ 159 އަހަރުގެ ތާރީޚުގައި ރެކޯޑް އަދަދެކެވެ.

ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައިވާ އެހެން ސަރަހައްދުތަކުގެ ތެރޭގައި 149 މިލިމީޓަރުގެ ވާރޭވެހުނު އީލްޑަން އާއި 146 މިލިމީޓަރުގެ ވާރޭވެހުނު ޔޫރޯރާ ޓައުން ހިމެނެއެވެ.

މިއީ 131 އަހަރުގެ ތެރޭގައި އީލްޑަންއަށް އެންމެ ގިނައިން ވާރޭ ވެހުނު ފަހަރު ކަމަށްވާއިރު މިއީ ޔޫރޯރާއަށް 132 އަހަރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ފަހަރެވެ.

ގެތަކާއި ވިޔަފާރިތައް ރައްކާތެރިކުރުމަށް އާއްމުން ވަނީ ވެލި ބަސްތާ ޖަހާފައެވެ. ކަމާ ބެހޭ އިދާރާތަކުން ވަނީ ޔާރާ ކޯރުގެ ފެންގަނޑު ބޮޑުވެދާނެކަމުގެ އިންޒާރު ދީފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް