ތޫފާން އޮކި ލަކްޝަދްވީޕްގެ ރަށްތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު އިންޑިއާގެ ކަނޑުގެ ސިފައިންނާއި ކޯސްޓްގާޑުން ވަގުތުން އެހީ ފޯރުކޮށްދިނުމަށް ފެއިލްވެފައިވާ ކަމަށް އިންޑިއާގެ ގާނޫނުހަދާ މަޖިލީސް,ލޮކް ސަބާގެ މެމްބަރު ޕީޕީ މުހައްމަދު ފައިޒަލް ތުހުމަތު ކުރައްވައިފިއެވެ.
މެމްބަރު ފައިޒަލް މިހެން ވިދާޅުވީ ޑިފެންސް މިނިސްޓަރ ނިރްމަލާ ސިތަރަމަންއަށް އެ ކަމާ ގުޅިގެން ފޮނުއްވި ސިޓީއެއްގައެވެ.
މީގެ އިތުރުން ފައިޒަލްވަނީ މި މައްސަލަ ހޯމް މިނިސްޓަރ ރާޖްނާތު ސިންހްގެ ސަމާލުކަމަށް ވެސް ގެންނަވާފައެވެ.
ހޯމް މިނިސްޓަރވަނީ ލަކްޝަދްވީޕްއަށް ޓީމެއް ފޮނުއްވާނެ ކަމުގެ ޔަގީންކަން ފާއިޒްއަށް ދެއްވާފައެވެ.
ޑިފެންސް މިނިސްޓަރުގެ ތަރުޖަމާނުވަނީ މި ތުހުމަތުތަކާ ގުޅިގެން އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފައެވެ.
ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މިނިކޮއި އާއި ކެލްޕެނި އައިލެންޑްސްއަށެވެ.
އެ ރައްތަކުގެ އެތައް ގެއެއްވަނީ ހަލާކުވެފައެވެ.
ފާއިޒް ވިދާޅުވީ އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާކަމަށެވެ. ޑިފެންސް މިނިސްޓްރީއިން ހޮނިހިރުދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ އިންސާނީ އެހީ ހިފައިގެން އައިއެންއެސް ޝާރްދުލް ކޯޗީ އިން ފުރައިގެން މިނިކޮއިއަށް ދަތުރު ކުރަމުންދާ ކަމަށެވެ.