ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 12:47
ރޮނާލްޑޯ އޭނާގެ އާއިލާއާއި އެކު
ރޮނާލްޑޯ އޭނާގެ އާއިލާއާއި އެކު
ޓްވިޓަރ
އިންސްޓާގްރާމު ފޮލޮވާސް
ރޮނާލްޑޯގެ މަގްބޫލުކަން އިންސްޓާގްރާމުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ
އިންސްޓާގްރާމުގެ ދެވަނަ އަށް އެންމެ ގިނަ މީހުން ފޮލޯ ކުރަނީ ރޮނާލްޑޯ
އެންމެ ގިނަ މީހުން ފޮލޯ ކުރަމުންދަނީ ސެލީނާ ގޯމޭޒް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އިންސްޓާގްރާމުގެ އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހުންގެ ލިސްޓުގެ ދެވަނައިން ޖާގަ ހޯދައިފި އެވެ.

ފޯޖުގީޒްގެ ފުޑްބޯޅަ ކުޅުންތެރިއާ އަދި ރިއާލް މެޑްރިޑްގެ ސްޓްރައިކަރު ކްރިސްޓިއާނޯ ރޮލާންޑޯ ވަނީ އިންސްޓަގްރާމުގެ އެންމެ ގިނަ މީހުން ފޮލޯ ކުރި މީހުންގެ ލިސްޓުގެ ދެވަނަ ޖާގަ ހޯދާފަ އެވެ. އެހެން ނަމަވެސް އަދިވެސް މި ލިސްޓުގެ އެއްވަނައިގައި އޮތީ މަޝްހޫރު ޕޮޕް ސްޓަރ ސެލީނާ ގޯމޭޒް އެވެ. އޭނާގެ އިންސްޓާގްރާމުގައި 130 މިލިއަން މީހުން އަންނަނީ ފޮލޯ ކުރަމުންނެވެ.

ދުނިޔޭގައި ފުޓުބޯޅަ ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރޮނާލްޑޯއަށް މިއަހަރު އެކަނި 93 މިލިއަން ޑޮލަރު ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އޭނާއަށް އިންސްޓާގްރާމްގެ އެންމެ ގިނަ މީހުން ފޮލޯ ކުރާ ލިސްޓުގެ ދެވަނަ ޖާގަ ލިބިފައިވަނީ 116 މިލިއަން މީހުން ފޮލޯ ކުރުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު އޭނާ ހިމެނެނީ 82.8 މިލިއަން ފޮލަވާސް އާއި އެކު މި ލިސްޓުގެ ހަ ވަނައިގަ އެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ވަނީ މިއަހަރުގެ ތެރޭގައި އިންސްޓާގްރާމުގައި ވަރަށް ގިނަ އަދަދެއްގެ ފޮޓޯ އާއި ވީޑިޔޯ އާންމުކޮށްފަ އެވެ. އަދި އިންސްޓާގްރާމުގައި އެންމެ ގިނަ މީހުން ލައިކް ކޮށްފައިވާ 10 ފޮޓޯގެ ތެރޭގައި ރޮލާންޑޯގެ ތިން ފޮޓޯއެއް ހިމެނެ އެވެ.

އެގޮތުން ރޮނާލްޑޯ އަށް އެއްމާބަނޑު ދެ ކުދިން ލިބުނުކަން އިއުލާނުކުރި ފޮޓޯއަށް 8.2 މިލިއަން މީހުން ލައިކްސް ދީފައިވާ އިރު މިއަހަރުގެ ނޮވެމްބަރު މަހު އޭނާއަށް އަންހެން ދަރިއެއް ލިބުނު ކަން އިއުލާކޮށް އިންސްޓާގްރާމުގައި ކުރި ޕޯސްޓަށް ވަނީ 11 މިލިއަން ލައިކްސް ލިބިފަ އެވެ.

އިންސްޓާގްރާމުގައި ފޮލޮވާސް އެންމެ ގިނަ މީހުންގެ ލިސްޓުގައި ދެން ހިމެނެނީ ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ އެވެ. އޭނާއަށް  115 މިލިއަން ފޮލޮވާސް ލިބިފައިވާ އިރު ބިޔޯންސޭއަށް ލިބިފައިވަނީ 108 މިލިއަން ފޮލޮވާސް އެވެ. އަދި ފަސް ވަނަައިގައި އުޅެނީ ކިމް ކާޑޭޝަން ވެސްޓް އެވެ. އޭނާ އަށް ލިބިފައިވަނީ 104 މިލިއަން ފޮލޮވަރުންނެވެ.

- ކޮމެންޓް