ބޮލީވުޑްގެ ސްޕަސްޓާ ސަލްމާން ހާން އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓްރެސް ކެތްރީނާ ކައިފް އަށް އާދަޔާހިލާފް ތަޢުރީފުގެ ބަސްތަކެއް އޮއްސައިލައިފިއެވެ.
ވޯގް އިންޑިއާގެ ޑިސެމްބަރު 2017 ގެ އަދަދަށް ދީފައިވާ އިންޓަވިއުއެއްގައި ސަލްމާން ބުނި ގޮތުގައި ކެޓްރީނާ އަށް ފިލްމްއިންޑަސްޓްރީގައި މިހާރު އާދެވިފައިވާ ހިސާބަށް އާދެވުނީ ކެޓްރީނާގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ކެޓްރީނާ ބޮލީވުޑުގެ ފިލްމްތައް ކުޅެން ފެށިއިރު ނަށަން ވެސް ނޭނގޭ ކަމަށާއި ނަމަވެސް މިއަދު ކެޓްރީނާ އަކީ އިންޑިއާގެ އެންމެ މުޅު ނެށުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ސަލްމާން ބުންޏެވެ.
ބޮލީވުޑުގެ ބައެއް ތަރިންގެ މައްޗަށް ކެޓްރީނާ ކުރި ހޯދާފައިވާ ކަން ބުނެދެމުން ސަލްމާން ބުނީ ބޮލީވުޑުގެ ތަރިންގެ ތެރެއިން ދީޕިކާ ޕްރިޔަންކާ ފަދަ ތަރިން ބޮލީވުޑުގެ ފިލްމްތައް ކުޅެން ފެށިއިރު އެ ދެ ތަރިންނަށް ވެސް ނަށަން އެނގޭ ކަމަށެވެ. ނަމަވެސް ކެޓްރީނާ މިހާރު އެ ދެ ތަރިންނަށް ވުރެ ވެސް މޮޅު ކަމަށް ސަލްމާން ހާން ވަނީ ބުނެފައެވެ.
ސަލްމާން ހާން ބުނީ ކެޓްރީނާ ޕްރިޔާންކާ އަދި ދީޕިކާ ފަދަ ތަރިންގެ މައްޗަށް ކުރި ހޯދީ ކެޓްރީނާގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން ކެޓްރީނާ އަށް ކުރެވޭނެ ކަންތައްތަކާ ނުކުރެވޭނެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ކެޓްރީނާއާ ފުރަތަމަ ބައްދަލުވި ގޮތުގެ ވާހަކަ ކިޔައި ދެމުން ސަލްމާން ބުނީ ކެޓްރީނާއާ ބައްދަލުވީ ކުޑަކުޑަ ގެޓް ޓުގެދާއަކުން ކަމަށެވެ. އެގޮތުން ކެޓުރީނާ އެ ގެއަށް ދިޔައީ ޕާޓީއަށް ކަމަށާއި ފުރަތަމަ ދުވަހު ވެސް ކެޓުރީނާ އަކީ ވަރަށް ރަނގަޅު ކުއްޖެއް ކަމަށް ހީވި ކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ބުނީ ކެޓްރީނާ އަކީ އޭނާގެ ކޮއްކޮގެ ވަރަށް ގާތް ރަހުމެއްތެރިއެއް ކަމަށާއި ނަމަވެސް އޭރު އޭނާ އަށް ކެޓްރީނާ ނޭނގޭ ކަމަށް ސަލްމާން ބުންޏެވެ.