އަރަބިއްޔާ ސްކޫލު ކުރިން ހުރި ބިމާއި ގާކޮށީ ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކުމަށް ކަނޑައަޅާފައިވާ ފްލެޓްތައް ވިއްކުން މަޑުޖައްސާލިކަން އިއުލާނު ކުރައްވައި ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކުރި ޓްވީޓާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.
ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުގެ ޓްވީޓަށް ގިނަ ބަޔަކު ފާޑުކިޔައި ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ބައެއް ފަރާތްތަކުން ވަނީ މިއީ މިކަން ހިނގަން ޖެހޭނެ ގޮތް ނޫން ކަން ހާމަކޮށްފަ އެވެ. އެގޮތުން ގިނަ ބަޔަކު އެތައް ސަތޭކަ ރުފިޔާއެއް ޚަރަދުކޮށް އެތައް ވަގުތަކު މަޑުކޮށްގެންވެސް ފްލެޓް ހޯދުމަށް ތައްޔާރަށް ތިބީ، ފްލެޓް ބޭނުންވާލެއް ބޮޑުވުމުން ކަމަށް ބުނެފައިވެ އެވެ. އަދި މިއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިކަމުގެ ރަގަޅު ބަދަލެއް ފްލެޓަށް އެދި ކިއުގައި ޖެހިގެން ތިބި ފަރާތްތަކަށް ދޭން ޖެހޭނެ ކަމަށް އެއް ފަރާތަކުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
How can you do that? People have spend thousands of rufiya and spend hours waiting. I personally know people hold everything to get to this line. For us sacrifice two nights of sleep is not a problem. This is so unfair. You have to compensate every coat that was incurred!
— iSmile™ (@iAirrashit) December 2, 2017
ޓްވީޓު ކޮށްފައިވާ އިތުރު މީހަކު ބުނެފައިވަނީ، މިއީ މުޅިން މަކަރު ހަދައިގެން ރައްޔިތުން އަތުން ފައިސާ ހޯދޭނެ ގޮތެއް އޮތް ތޯ ބެލުމަށް ކުރާ ކަމެއް ކަމަށެވެ.
Mulhin makaru hadaagen raiyithun athun faisaa hoadeyne gothe oi tho balaa, 1 lak rufiyaa Gurenteed hoadaafa, eyge fahun 2million ge gurenty eko, eythi hama nujehijeya ei 1lak rufiyaa ves. Emeehuna sho, mee khina vaa kame? Please justify this for ppl?
— nadym (@nadeem79922) December 2, 2017
އެހެން މީހަކު މިއީ ސަރުކާރު ޕާޓީ މީހުންނަށް ފްލެޓް ދިނުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައިވެސް ތުހުމަތު ކޮށްފައިވެއެވެ.
"Reyvuntheri" Kameh Nethyma Noontha, E Kameh "Bossun" Laa Hisaabah Dhiyaama, Huttuvan Engeny? Eyge Kurin Hama Neygeny Tha??Othy @MMuizzuVefa
— ابو عبد الله علي (@Usthaz_Irufan) December 2, 2017
ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި ގުޅޭ މިފަދަ ކަންކަމުގައި ދެފުށްފެންނަ ގޮތަކަށް ސަރުކާރުން އަމަލު ކުރެއްވުމަށް އެދޭ ކަމަށް ބުނެ ވެސް މީހަކު ޓްވީޓު ކޮށްފައިވެއެވެ.
What about that 100 people ??? Sarukaarun kamey goaskoh kureema ekan molhukamakah nuhadhabala. Gamaareetho thibeyfulhun?
— iSmile™ (@iAirrashit) December 2, 2017
އެޗްޑީސީން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން، ގިނަ ބަޔަކު ވަރަށް ގިނަ މަސައްކަތްތަކެއް، މި ފްލެޓްތަކަށް ކުރިމަތިލުމަށްޓަކައި ކޮށްފައިވެ އެވެ. މީގެ ކުރިން ވެސް އެތައް ބަޔަކު، ކިއުގައި ޖެހޭ ގޮތަށް އެތައް ޚިދުމަތެއް ރައްޔިތުންނަށް ސަރުކާރުންދީފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
rayyithin ithurah felaane gotheh hoadhanee utha.
— Shaniviraaza (@shaniviraaza) December 3, 2017
ޑިސެމްބަރު 4 ވަނަ ދުވަހު ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ޑިސެމްބަރު 2 ވަނަ ދުވަހުން ފެށިގެން އެޗްޑީސީގެ ފޯމު ދޫކުރާ ސަރަހައްދުގައި ރައްޔިތުން ކިއު ޖެހެން ފެށި އެވެ. އެހެން ނަމަވެސް ސަރުކާރުގެ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެޗްޑީސީން ހުޅުވާލި ފްލެޓަށް ފޯމު ދޫކުުރުން މަޑުޖައްސާލާފައިވާކަން އެންމެ ފުރަތަމަ އިއުލާނުކޮށްފައި ވަނީ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އެވެ. މިކަމާ ގުޅިގެން އެޗްޑީސީން ފަހުން ކުރި ޓްވީޓުގައި ބުނެފައިވަނީ ގާކޮށި އަދި އަރަބިއްޔާގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ވިއްކަން ކަނޑައެޅިފައިވާ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ބޭނުންވާތީ، ފްލެޓްތައް ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.
މި އުސޫލުގެ ސަބަބުން، އެންމެ ފުރަތަމަ ފޯމް ލިބޭ މީހުންނަށް ފްލެޓް ލިބިގެންދާނެ އެވެ. އެހެން ކަމުން ކިއުގައި އެންމެ ފުރަތަމަ ޖެހޭ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ބޮޑުވެގެންދެ އެވެ.
އެޗްޑީސީއިން ވިއްކަން ނިންމާފައިވަނީ ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓްއެވެ.
ޓާޓާ ހައުސިންގ އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މައްސަލައަކީ މިހާތަނަށް އައިއިރު ހައްލު ނުކުރެވިފައިވާ މައްސަލައެކެވެ. ޓާޓާއާއި އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓްތައް އެޅުމަށް އެއްބަސްވެފައިވަނީ 2010 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އެކި މައްސަލަތަކާއި ހުރެ ފްލެޓްތަކުގެ މަސައްކަތް ވެސް ހުއްޓިގެންދިޔަ އިރު މި ފްލެޓް ތަކުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރު އެވެ.
އޭގެ ފަހުން، ފްލެޓްތައް ލިބުނު ފަރާތްތަކަށް ފްލެޓްތައް ދިނުމުގައި ގެންގުޅުނު އުސޫލުތަކުގެ ސަބަބުން ފްލެޓް ލިބުނު ފަރާތްތަކުގެ ބޮޑެތި ޝަކުވާތަކެއް ކުރިމަތިވި އެވެ. އެގޮތުން ފްލެޓްގެ އަގު ބޮޑުވުމުގެ ސަބަބުން ފްލެޓަށް ހޮވުނު ނަމަވެސް ބައެއް ފަރާތްތަކަށް ފްލެޓް ލިބިފައެއް ނުވެ އެވެ.