ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 04:54
އަހުމަދު ޝަފީގް - 2018 ގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާނެކަން އިއުލާނުކުރެއްވިތާ މަދު ދުވަސް ކޮޅޭއްގެ ތެރޭގައި އޭނާ ވަނީ ޑީޕޯޓް ކޮށްލާފައި
އަހުމަދު ޝަފީގް - 2018 ގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާނެކަން އިއުލާނުކުރެއްވިތާ މަދު ދުވަސް ކޮޅޭއްގެ ތެރޭގައި އޭނާ ވަނީ ޑީޕޯޓް ކޮށްލާފައި
އޭޕީ
މިސްރުގެ ކުރީގެ ބޮޑުވަޒީރު
ޔޫއޭއީއިން ޑީޕޯޓް ކޮށްލުމުން ޝަފީގް އެނބުރި މިސްރަށް
އަންނަ އަހަރު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އޭނާ އިއުލާނު ކުރައްވި
މީގެކުރިން ޝަފީގްވަނީ 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް ވާދަކުރައްވާފަ

ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ޑީޕޯޓް ކޮށްލުމާއި ގުޅިގެން މިސްރުގެ ކުރީގެ ބޮޑުވަޒީރު އަހުމަދު ޝަފީގް އަލުން އެނބުރި މިސްރަށް ގައުމަށް ވަޑައިގަންނަވައިފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެރުއްވި ވީޑިއޯ މެސެޖެއްގައި ޝަފީގް ވަނީ އަންނަ އަހަރު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރަށްވާފައެވެ. މީގެކުރިން ޝަފީގް ވަނީ 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ. އެހެން ނަމަވެސް އެފަހަރު އޭނާ ނާކާމިޔާބުވެވަޑައިގެންނެވީ އެ ގައުމުގެ ކުރީގެ ރައީސް މުހައްމަދު މުރްސީއާއި ވާދަކުރެއްވުމަށް ފަހުއެވެ.

އެފަހަރުގެ އިންތިހާބުން ބަލިވެވަޑައިގަތުމާއެކު ޝަފީގް ދިރިއުޅުއްވަމުން ގެންދެވީ ޔޫއޭއީގައެވެ. ޝަފީގް އަލުން އެނބުރި މިރްސަށް ވަޑައިގެންނެވީ ޔޫއޭއީގައި އޭނާ ދިރިއުޅުއްވަމުން ގެންދެވި ގޭގައި ހުންނަވަނިކޮށް ހައްޔަރުކޮށް އެ ގައުމުން ޑީޕޯޓް ކޮށްލުމާއި ވިދިގެންނެވެ

ޝަފީގްގެ ވަކީލާ ޑީނާ އަދްލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހުކުރު ދުވަހުން ފެށިގެން ޝަފީގްގެ ހުރިހާ މުވާސަލާތީ ގުޅުމެއް ބަންދުކުރެވިފައިވާ ކަމަށާއި އަދި ޔޫއޭއީގެ ކަމާއިގުޅޭ އިދާރާތަކުން އޭނާ ހައްޔަރުކުރުމަށްފަހު ޑީޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަފީގް ވަނީ މިސްރުގެ ގާހިރާއަށް ދަތުރުކޮށްފައެވެ. ރޮއިޓަރޒްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިސްރުގެ އިދާރާތަކުން ވަނީ އޭނާ މޮޓޯކޭޑެއްގައި ގެންގޮސްފައެވެ.

ޔޫއޭއީގެ ގައުމީ ޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝަފީގް ޑީޕޯޓް ކުރެވުނު ކަމުގައި ވިޔަސް އޭނާގެ އާއިލާ އެ ގައުމުގައި މަޑުކުރާނެއެވެ.

ޝަފީގްގެ އަންހެން ދަރިކަނބަލުން މޭ ޝަފީގް ރޮއިޓަރޒްއަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާގެ ބައްޕާފުޅު ފްރާންސްއަށް ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވަނިކޮށް ޑީޕޯޓު ކޮށްލެވުނު ކަމަށެވެ. ޝަފީގް ޑީޕޯޓް ކޮށްލެވުނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމުން ކަމަށް މޭ ތުހުމަތު ކުރައްވައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޝަފީގް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާއިރު އެކަމާއި ގުޅޭގޮތުން ޔޫއޭއީ އަދި މިސްރުގެ ސަރުކާރުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ

- ކޮމެންޓް