ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 19:52
ސާލިހްގެ ފައުޖުތަކާއި ހޫސީންނާ ވަނީ މައްސަލަ ޖެހިފައި
ސާލިހްގެ ފައުޖުތަކާއި ހޫސީންނާ ވަނީ މައްސަލަ ޖެހިފައި
ބީބީސީ
ޔަމަނުގެ ހަނގުރާމަ
ސައުދީ ކޯލިޝަނާއި ވާހަކަ ދައްކަން ތައްޔާރު ކަމަށް ޔަމަނުގެ ކުރީގެ ރައީސް ސާލިހް ވިދާޅުވެއްޖެ
ސައުދީގެ ގުޅިފައިވާ ފައުޖުން ދަނީ 2015 ވަނަ އަހަރުން ފެށިގެން ސާލިހްގެ ފައުޖުތަކަށް ހަމަލާދެމުން
ސާލިހުގެ ނިންމުމަށް ކޯލިޝަނުން ވަނީ ތައުރީފްކޮށްފަ
ސާލިހްގެ ފައުޖުތަކާއި ހޫސީންނާ ވަނީ މައްސަލަ ޖެހިފަ

ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނާ ވާހަކަދެއްކުމަށް ތައްޔާރަށް ހުރި ކަމަށް ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ވިދާޅުވެއްޖެއެވެ.

ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގައި ހަނގުރާމަ ކުރަމުންދަނީ އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ފައުޖުތަކާއި އެގައުމުގެ ހޫސީންނާއެވެ.

ޓީވީގައި ވާހަކަ ދައްކަވަމުން އަލީ އަބްދުﷲ ސާލިހް ވިދާޅުވީ ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގެ އުތުރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައި  ހަމަލާތައް މަޑުޖައްސާލައިފިނަމަ "އައު ސަފްހާއެއް ހުޅުވާލުމަށް" ތައްޔާރު ކަމަށެވެ.

ސައުދީ ކޯލިޝަނުން ވަނީ އަލީ އަބްދުﷲ ސާލިހްގެ އެ ނިންމުމަށް ތައުރީފް ކޮށްފައެވެ. ނަމަވެސް ސާލިހުގެ ފައުޖުތަކުގެ ބައިވެރިއެއްގެ ގޮތުގައި އޮތް ހޫސީން މި ހަފްތާގައިވަނީ ސާލިހް "ބަޣާވާތެއް" ގެންނަނީ ކަމަށް ތުހުމަތުކޮށްފައެވެ.

ސާލިހްގެ ފައުޖުތަކާއި ހޫސީން ހަނގުރާމަވެރިންނާ ދެމެދު މައްސަލަ އުފެދުނީ މިދިޔަ ބުދަ ދުވަހުއެވެ.

ދެ ބައި މީހުންގެ މެދުގައި ހަމަނުޖެހުން އުފެދުނީ ސަންއާގެ މައި މިސްކިތް ހަލާކުކޮށްލިކަމުގެ ތުހުމަތު ސާލިހަށް ތާއީދުކުރާ ފަރާތްތަކުން ހޫސީންގެ މައްޗަށް ކުރުމުންނެވެ.

ހޫސީންނަށް އީރާނުން މަދަދުދެމުންދާއިރު ޔަމަނުގައި އޮތް ބައިނަލްއަޤްވާމީ މުޖުތަމައުއިން ގަބޫލުކުރާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ސާލިހްގެ ފައުޖުތަކަށްވެސް އިރާނުން މަދަދުދެއެވެ.

ވެރިރަށް ސަންއާގެ މަގުތަކުގައި ހޮނިހިރު ދުވަހުވެސް ހަނގުރާމަ ހިނގާފައިވާކަމަށް ރިޕޯޓްތައް ލިބިފައިވެއެވެ.

އަލީ އަބްދުﷲ ސާލިހްގެ ތިމާގެ މީހުން އުޅެމުންދާ އެ ސަރަހައްދުން ގޮވުންތަކާއި ބަޑީގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހޫސީންނާއި އަލީ އަބްދުﷲ ސާލިހްގެ ފައުޖުތައް ގުޅިގެން ޔަމަނުގެ ސަރުކާރާ ހަނގުރާމަ ކުރަމުންދާތާ ތިން އަހަރެއްހާ ދުވަސްވަނީ ވެފައެވެ.

ހޫސީންނާއި ސާލިހަށް ވަފާތެރި ސިފައިންނާ ދެކޮޅަށް ސައުދީ އިސްވެ އުފައްދާފައިވާ ކޯލިޝަނުން 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ހަމަލާދޭން ފެށިފަހުން މިހާތަނަށް 8،670 މީހުން މަރުވެ 49،960 މީހުން ޒަޚަމްވެފައިވާކަމަށް އދގެ ތަފާސް ހިސާބުތައް ބުނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް