ކ. މާލެ
|
1 ޑިސެންބަރ 2017 | ހުކުރު 17:27
ގެއްލުނު އާޖެންޓީނާގެ ސަބްމެރިން އޭއާރްއޭ ސަން ހުއާން
ގެއްލުނު އާޖެންޓީނާގެ ސަބްމެރިން އޭއާރްއޭ ސަން ހުއާން
ރޮއިޓަރސް
އާޖެންޓީނާގެ ސަބްމެރިން
ގެއްލުނު ސަބްމެރިން ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
ސަބްމެރިންގައި 44 ފަޅުވެރިން ދަތުރުކުރި

ގެއްލުނު އާޖެންޓީނާގެ އަސްކަރީ ސަބްމެރިން ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

ނޮވެމްބަރު މަހުގެ 15ވަނަ ދުވަހު ގެއްލުނު އޭއާރްއޭ ސަން ހުއާން ހޯދުމަށް އާޖެންޓީނާގެ ކަނޑުގެ ސިފައިންނާއި އެހެން ބައެއް ޤައުމުތަކުން މަސައްކަތް ކޮށްފައިވެއެވެ. އާޖެންޓީނާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނު އެންރިކޭ ބަލްބީ ވިދާޅުވީ ސަބްމެރިންގެ 44 ފަޅުވެރިން ދިރިތިބޭނެ ކަމަށް ލަފާކުރެވޭ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އެމީހުން ހޯދުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

ސަބްމެރިން އާއި އޭގެ ފަޅުވެރިން ފެންނާނެކަމުގެ އުއްމީދު ކަނޑާލާފައިވަނީ ސަބްމެރިން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުން މީގެ ހަފްތާއެއްކުރިން ކަނޑުއަޑީގެ ގޮވުމެއް ގޮވިކަމަށް ރިޕޯޓް ކުރުމަށް ފަހުއެވެ. އެހެން ނަމަވެސް އޭގެ ފަހުން ވެސް ސަބްމެރިން ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިއަށް ދިޔައެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތްތަކުގައި 12 ވަރަކަށް ޤައުމުން 4 ހާހެއްހާ މީހުން މަސައްކަތްކުރިއެވެ.

ސަބްމެރިން ގެއްލުމުގެ ކުރިން ކަރަންޓުގެ މައްސަލައެއް ދިމާވެގެން ރިޕޯޓް ކޮށްފައިވެއެވެ. ކަނޑު އަޑިން ދަތުރުކުރަމުން ދިޔަ ސަބްމެރިން މައްސަލައެއް ދިމާވެގެން ފެންމައްޗަށް އެރިކަމަށްވެއެވެ. އަދި ނޮވެމްބަރު މަހުގެ 15ވަނަ ދުވަހު ހެނދުނު 7:30ގައި ސަބްމެރިން އާއި ގުޅުން ކެނޑުނެވެ.

އާޖެންޓީނާގެ ކަނޑުގެ ސިފައިން ޤަބޫލުކުރާ ގޮތުގައި ސަބްމެރިންއަށް މައްސަލައެއް ދިމާވީ ސަބްމެރިން އަޑިއަށް ދިޔަވަގުތުގައި ސަބްމެރިންގެ ބެޓެރީތަކަށް ފެން އެޅިގެންނެވެ.

މިޙާދިސާ ހިނގިއިރު ސަބްމެރިންގައި 44 ފަޅުވެރިން ތިއްބެވެ. އޭގެ ތެރޭގައި 43 ފިރިހެނުން ތިބިއިރު، ސަބްމެރިންގައި ހުރި ހަމައެކަނި އަންހެން އޮފިސަރަކީ އާޖެންޓީނާގެ ސަބްމެރިން ފްލީޓާއި ގުޅުނު ފުރަތަމަ އަންހެން އޮފިސަރެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް